ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

އެމްޑީޕީން ވަކިވި ސަބަބު އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެ: މަހުލޫފު

B pui41eu8ifqyznhtro4ldenx8

ޝަކުވާ ކުރައްވަން ބޭނުންނުވާ ކަމަށާއި އެމްޑީޕީން ވަކިވި ސަބަބު އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު ވަނީ މިއަދު އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އެއާއެކު، އެމްޑީޕީން މަހުލޫފު ވަކިވެވަޑައިގެންނެވީ ސަރުކާރުގެ މަގާމަކަށް ދިއުމަށް ކަމަށްބުނެ ބައެއް ފަރާތްތަކުން ދިޔައީ ފާޑުކިޔަމުންނެވެ.

ފޭސްބުކްގައި މަހުލޫފު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ރަނގަޅުވި މީހުންނަށް މިއަދު، ގޯސްވެއްޖެ ކަމަށާއި ވަކި ސިޔާސަތުތަކެއް ހިފައިގެން އެއްގޮތެއްގައި ދެމިއޮތް އެންމެ ޕާޓީއެއްވެސް ނެތް ކަމަށެވެ. އަދި ދެގޮތެއް ނުވެ އެއް ވިސްނުމެއްގައި ހުރި ލީޑަރެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.

“ނިންމަން ވަރަށް އުނދަގޫވި ނިންމުމެކެވެ. ނަމަވެސް، ވަކިވެގެންމިދަނީ ކީއްވެގެންކަން، ޝަކުވާއެއްގެ ގޮތުގައި ކުރާކަށްނެތީމެވެ. އެކަން އެގެންޖެހޭ ފަރާތްތަކަށް ސާފުވާނެކަން އަޅުގަނޑަށް ޔަގީނެވެ،” އޭނާ ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ މިއަދުގެ ނިންމުމާއެކު މަރުހަބާ ވިދާޅުވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށާއި ނިންމުން ބަލައިނުގަނެވުނު ފަރާތްތަކުގެ އަރިހުން މައާފަށް އެދޭ ކަމަށެވެ. އަދި ގިނައިން ފާޑުކިޔާފައިވަނީ އެމްޑީޕީގެ ސަރުކާރު ބަދަލުކުރަން އެންމެ މަސައްކަތްކުރި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

“”އަގުވަޒަންކުރުމާ، ބަލައިގަތުމާ، މަރުހަބާ ކިޔުމާ އަދި މުހިންމު ކަމުގެ އިހުސާސަށްވުރެ ވަކި އިތުރަށް އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް ނެތެވެ..،” މަހުލޫފު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ގޮތުގައި ހުންނަވައި، ޕީޕީއެމުން ވަކިވެވަޑައިގެންނެވުމަށްފަހު މަހުލޫފު އެމްޑީޕީގެ މަސައްކަތްތަކުގައި ބައިވެރިވާން ފެށީ 2015 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

I Ibbe
Thiyae sababeh noon ikhulaastheri meehunge gothakEe hinhamanujeheykanthah vaahakadhakkaigen hallukurun thiyakamugaisirrusababeh vey

ގުޅުންހުރި

11

މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި

TTH_advertisement