ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި

11

ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް މަހުލޫފް ފޮނުވި ސިޓީގައި ވަނީ އޭނާގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހޭނެމަ ޕާޓީގެ މެންބަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

މަހުލޫފްގެ ސިޓީގައި ބަޔާންކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން އެމަނިކުފާނުގެ ކެބިނެޓްގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެ ނިންމުމާ މެދު އެމްޑީޕީގެ މެންބަރެއްގެ ހިތްހަމަނުޖެހުމެއް ވާނަމަ މައާފަށް އެދޭ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

މަހުލޫފް ސިޔާސީ މަސައްކަތް ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު އެވެ. އޭނާ ވަނީ ރައީސް މައުމޫން އުފެއްދެވި ޑީއާރްޕީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ. އެއަށްފަހު އުފެއްދި ޕީޕީއެމްއާ ގުޅިވަޑައިގެން އެ ޕާޓީގައި ވެސް އިސްކޮށް އުޅުއްވިއެވެ.

މަހުލޫފް ވަނީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B pui41eu8ifqyznhtro4ldenx8

އެމްޑީޕީން ވަކިވި ސަބަބު އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެ: މަހުލޫފު

TTH_advertisement