ވައިގަދަވެ އައްޑޫ މަރަދޫފޭދޫގެ ހަތް ގެއެއްގެ ފުރާޅު އެއްލާލައި ގެއްލުންތަކެއް ވެއްޖެއެވެ.
މަރަދޫ ފޭދޫން ވާހަކަދެއްކި މީހަކު ކިޔައިންގޮތުގައި އެ ހަތް ގޭގެ ފުރާޅު އެއްލާލައި އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
ފުރާޅު އެއްލާލި ތަންތަނުގެ ތެރޭގައި އެ ރަށުގެ ހިނަވާގެ އާއި ނޫރު މިސްކިތް ވެސް ހިމެނެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
އައްޑޫ ސިޓީ ކައުންސިލުން އަންނަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މެޓް އޮފީހުން ބުނީ އައްޑޫ ސިޓީއަށް ބޮޑަށް ވާރޭ ނުވެހުނަސް ވައިގަދަ ކަމަށެވެ. އެގޮތުން ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު