ކުއްލި ޚަބަރު

ސިޓީ ޕާކް ތަރައްގީކުރުމުގެ މަސައްކަތް އޮކްޓޯބަރު މަހަށް ނިންމަނީ

އެއާޕޯޓުގެ އެމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖު ބަންދުކުރަން ނިންމައިފި

ސިވިލް ސާވިސްގެ ޚިދުމަތުގެ މުއްދަތު ގުނާ ގޮތަށް ގެނައި ބަދަލު ބާތިލުކޮށްފި

ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމުން އިޝިބާ އިސްތިޢުފާދެއްވައިފި

ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޝިގެރު އިޝިބާ އިސްތިޢުފާ ދެއްވައިފިއެވެ. އޭނާ މަޤާމުން އިސްތިޢުފާ ދެއްވާފައި ވަނީ ފަހުގެ އިންތިޚާބުތަކުަގައި ވެރިކަންކުރާ ލިބެރަލް ޑިމޮކްރަޓްސް ޕާޓީ (އެލްޑީޕީ)އަށް ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހި ޤާނޫނުހަދާ މަތިގެއާއި ތިރިގޭގެ އަޣުލަބިއްޔަތު ގެއްލިފައި ވަނިކޮށެވެ.

އިޝިގާ މަޤާމުން އިސްތިޢުފާ ދެއްވާފައި ވަނީ އެމެރިކާއާއެކު މުހިންމު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށް ފަހުގައެވެ. އެ އެއްބަސްވުމުގެ ދަށުން ޖަޕާނުން ވަނީ އެ ޤައުމުން އެމެރިކާއަށް އެތެރެކުރާ އުޅަނދުތަކުން ނަގައި ޑިޔުޓީ ކުޑަކުރުމުގެ ބަދަލެއްގެ ގޮތުގައި އެމެރިކާއަށް 550 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓު ކުރުމަށް އެއްބަސްވެފައެވެ. އިޝިބާ ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ބޮޑު ގޮންޖެހުމަކުން މިހާރު ސަލާމަތްވެވިފައިވާ ކަމަށާއި، އޭނާގެ އިސްތިޢުފާއަް ފަހު ވެެރިކަން ބަދަލުކުރުމުގެ ކަންކަން އޮމާންކޮށް ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރައްވައި ކަމަށެވެ. އިންތިޚާބުތަކުގައި ލިބިފައިވާ ނާކާމިޔާބީގެ ޒިންމާ އުފުއްލަވާ ކަމަށް ވެެސް އޭނާ ވިދާޅުވިއެވެ.

އިޝިބާ އިސްތިޢުފާ ދެއްވާފައި ވަނީ ޖަޕާނުގައި ދިރިއުޅުމުގެ އަގުތައް އުފުލުމާ ގުޅިގެން އެ ޤައުމުގެ ރައްޔިތުން ސަރުކާރާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ވެސް ވަނިކޮށެވެ. ޕާޓީގެ މަޤުބޫލުކަން ގެއްލެމުން ދިޔަ ވަރަކަށް ޕާޓީގެ ތެރޭގައި ބައިބައިވުން ވެސް ވަނީ އިތުރުވެފައެވެ.

އިޝިބާ އިސްތިޢުފާ ދެއްވުމާ ގުޅިގެން އެލްޑީޕީގެ އައު ލީޑަރު ހޮވުމަށް ކުއްލި ގޮތަކަށް ދަނީ ތައްޔާރުވަމުންނެވެ. އިޝިބާއަށް ފަހު މަޤާމާ ޙަވާލުވެވަޑައިގަންނަވާނެ ބޭފުޅަކު ހަމަޖެހެންދެން ޕާޓީގެ ލިީޑަރާއި ބޮޑުވަޒީރުގެ މަޤާމުގައި އޭނާ ދެމިހުންނަވާނެއެވެ. އެލްޑީޕީގެ ލީޑަރުގެ މަޤާމަށް ސަނައެ ތަކައިޗީ އާއި ޝިންޖިރޯ ކޮއިޒުމީ ވާދަކުރައްވާނެ ކަމަށް ބެލެވޭއިރު، ސެނޭ ތަކައިޗީއަކީ ތަޖުރިބާކާރު ސިޔާސީ ލީޑަރެކެވެ. މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޕާޓީގެ އިންތިޚާބުގައި ތަކައިޗީގެ މައްޗަށް އިޝިބާ ކުރި ހޯއްދަވާފައި ވަނީ ވަރަށް ހަނިކޮށެވެ.ތަކައިޗީ ތާއީދު ކުރައްވަނީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އިތުރު ޚަރަދުތައް ކުރުމަށެވެ. އަދި ލޯނުތަކުން ނަގައި އިންޓަރެސްޓުގެ ޢަދަދު މަތި ކުރުމަށް އޭނާ ދެކޮޅުހައްދަވައެވެ.

ދަނޑުވެރިކަމާވެހޭ ވަޒީރުގެ މަޤާމުގައި މިހާރު ހުންނެވި ޝިންޖިރޯ ކޮއިޒުމީއަކީ ފާއިތުވި ދުވަސްތަކުގައި ޖަޕާނުގައި ހަނޑުލުގެ އަގު ކުއްލި ގޮތަކަށް މައްޗަށް ދިޔުމުން އެ މައްސަލަ ޙައްލުކުރުމަށް ރަނގަޅު ސިޔާސަތުތަކެއް ބޭނުން ކުރައްވައި ނަތީޖާ ނެރުއްވާފައިވާ ބޭފޫޅެކެވެ.

އެލްޑީޕީއަށް ޤަނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު މިހާރު ގެއްލިފައިވާތީ އެލްޑީޕީގެ އިސްވެރިޔާގެ ގޮތުގައި ދެން ޙަވާލުވެވަޑައިގަންވާ ބޭފުޅަކަށް ޤައުމުގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލު ނުވެވިދާނެއެވެ. އެ ޙާލަތުގައި ދައުރު ނިމުމުގެ ކުރިން އައު އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ރައްކާ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

66

ސިޓީ ޕާކް ތަރައްގީކުރުމުގެ މަސައްކަތް އޮކްޓޯބަރު މަހަށް ނިންމަނީ

Big po0hfpy8gevvv588vtyhcx0kw

ސޯޝަލް މީޑިއާއިން ބިރުދައްކައި ފައިސާ ފޭރިގަތް ދެމީހަކު ފުލުހުން ހައްޔަރުކޮށްފި

މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ފަށައިފި

ELL Mobile Advertisement TTH_advertisement