ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ލުއިސް ލުލާ ޑެ ސިލްވާއަށާއި އެޤައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

ބްރެޒިލްގެ މިނިވަން ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާވަނީ ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައީސް ލުއިސް ލުލާ ޑެ ސިލްވާއަށާއި ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވާފައެވެ.

ބްރެޒިލްއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 40 އަހަރުވާން ގާތްވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދެ ޤައުމަށްވެސް ފައިދާ ހުރިކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށެވެ.

ރާއްޖެއާއި ބްރެޒިލްއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކުރީ 1988 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ބްރެޒިލްގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މިނިވަން ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންނާއި ބްރެޒިލްއާ އެކު ހަދާފައިވާ “ޔުނައިޓެޑް ކިންގްޑަމް އޮފް ޕޯޗުގަލް، ބްރެޒިލް އެންޑް އަލްގާވެސް” ދައުލަތުން ވަކިވެ، ވަކި ދައުލަތެއްގެ ގޮތުގައި ބްރެޒިލް އުފެދި މިނިވަންކަން އިޢުލާންކުރި ދުވަހާ ގުޅުވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ

raees muiz

މައިންނަށް ޚާއްޞަ ހުސް ވަގުތުތަކެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް