ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ފުވައްމުލަކު އެއާޕޯޓް ތަރައްގީކުރަން މަޝްވަރާކޮށްފި

112

ފުވައްމުލައް އެއާޕޯޓްގެ ހާލަތު ދެނެގަތުމާއި އެ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާ ބެހޭގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއާއި ފުވައްމުލައް ސިޓީ ކައުންސިލާ ދެމެދު މަޝްވަރާކޮށްފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝަރީފް މުޙައްމަދާއި ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ އިސްމާޢިލް ރަފީޤްގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންގެ ޓީމަކާއި ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަނީ ފުވައްމުލައް އެއަރޕޯޓްގައި ޚިދުމަތްތައް ދިނުމުގައި ހުރި ދަތިތަކާ ވަސީލަތްތަކާއި އާލާތްތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިހާރުގެ ޙާލަތު ރަނގަޅަށް ދެނެގަތުމަށް ދިރާސާއެއް ހެދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަވެއެވެ.

އެއަރޕޯޓްގެ ޚިދުމަތަށް ޒަމާނީ ބަދަލުތައް ގެނައުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުންވެސް އެމްއޭސީއެލްއި ސިޓީ ކައުންސިލާ ދެމެދު ވަނީ މަޢުލޫމާތު ބަދަލުކޮށްފައެވެ.

އެމްއޭސީއެލްގެ ދަށަށް ފުވައްމުލައް އެއަރޕޯޓް ބަދަލުވުމާ ގުޅިގެން، އިސްކަންދޭނެ މުހިންމު ކަންކަމާގުޅޭ މަޢުލޫމާތުވެސް ސިޓީ ކައުންސިލާ ވަނީ ޙިއްސާކުރައްވާފައެވެ.

ފުވައްމުލައް އެއާޕޯޓް ތަރައްޤީކޮށް ހުޅުވާފައިވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. ފުވައްމުލަކު އެއަރޕޯޓުގައި މިހާރު ބޭނުންކުރަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ.

ފުވައްމުލައް އެއާޕޯޓަށް ބައެއް ބަދަލުތައް ގެނައުމާ، އިތުރު ތަރައްޤީތައް ގެނައުމާ ގުޅޭގޮތުން މިދިޔަ އަހަރުވެސް ބައެއް ދިރާސާތައް ކުރިއަށްގެންދިޔައެވެ. އެގޮތުން ރަންވޭ ބޮޑުކުރުމުގެ ފުރުޞަތު އޮތްތޯ ބެލުމާއި ޕެސެންޖަރ ޓަރމިނަލް އިތުރަށް ތަރައްޤީކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ދެނެގަތުމުގެ މަސައްކަތްތައް ކޮށްފަވެއެވެ.

އޭރު ކުރިއަށްގެންދިޔަ މަސައްކަތްތަކީ ޖެޓް ޖެއްސޭ ފެންވަތަށް އެއަރޕޯޓް ތަރައްޤީކުރުމާއި އެއަރޕޯޓްގެ ރަންވޭ 1800 މީޓަރަށް ބޮޑުކުރުމުގެ ފުރުޞަތު އޮތްތޯ ދެނެގަތުމުގެ ސަރވޭއެކެވެ. އަދި ފަތުރުވެރިކަމަށް ޚާއްސަ އޭރިއާއެއް ތަރައްޤީކުރުމަށްވެސް މަޝްވަރާކޮށްފަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމް.ޕީ.އެލް އިން ފުވައްމުލަކު ވިޔަފާރިވެރިންނަށް އަމާޒުކޮށް ޙައްސަ ބިޒްނަސް ފޯރަމެއް ބާއްވައިފި

Maldivian

މައްސަލަ ހައްލުކޮށް ފުވައްމުލަކު އެއާޕޯޓަށް ދަތުރުތައް ފަށައިފި

112

ފުވައްމުލަކު ސިޓީ ކައުންސިލަށް ގަސްތަކެއް ހަދިޔާކޮށްފި

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ޚިދުމަތް ފަށަނީ

TTH_advertisement