ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރަން އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ޗެއާޕާސަން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ، މުހައްމަދު ޝަރީފް މިއަދު އައްޔަނުކޮށްފި އެވެ.
އެސްޑީއެފްސީގެ ޗެއާޕާސަންގެ އިތުރުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށާއި ބޯޑަށް ވެސް މިއަދު ވަނީ ބޭފުޅުން އައްޔަނުކޮށްފަ އެވެ.
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށާއި ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކޮށްފައި ވަނީ ބީއެމްއެލްގެ ރީޓެއިލް އެންޑް އެސްއެމްއީގެ ޑިރެކްޓަރަކަށް ކުރިން ހުންނެވި ބަދުރުއްދީން ހަސަންއެވެ.
ބޯޑުގެ ނޮން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކޮށްފައި ވަނީ ބީއެމްއެލްގެ ހެޑް އޮފް ކާޑް ނެޓްވޯކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނަޝިޕްސް، ފާތިމަތު ފަރިހަތު ވަހީދުއެވެ.
މި ބަދަލުތަކާއެކު އެސްޑީއެފްސީގެ ބޯޑުގައި ހިމެނެނީ:
- މުހައްމަދު ޝަރީފް، މ. އިފާއު، މާލެ
- ބަދުރުއްދީން ހަސަން، ހިކިފިނިފެންމާގެ، ހދ. ކުޅުދުއްފުށި
- ފާތިމަތު ފަރިހަތު ވަހީދު، ގ. މާވެހި، މާލެ
- ފާތިމަތު އަޒުމާ، ނާސަރީ، މިސްކިތްމަގު، ފުވައްމުލައް
- އަހުސަލް މުހައްމަަދު، ބަށިމާގެ، ހއ. ހޯރަފުށި
- ފާތިމަތު ޔަމްނާ، އަލިމަސް ވިލާ، ސ. މީދޫ
މުޅީން ވަކިން ހިންގަމުންދިޔަ އެސްޑީއެފްސީ މިދިޔަ ޖުލައި މަހު ބީއެމްއެލްއިން ވަނީ ގަނެފަ އެވެ. ބީއެމްއެލްއިން އެސްޑީއެފްސީ ގަތީ، އެ ކުންފުނީގައި އޮންނަ ސަރުކާރުގެ ހިއްސާ ގަނެގެންނެވެ.
އެސްޑީއެފްސީ ބީއެމްއެލްއިން ގަންނައިރު، އެ ކުންފުނިން ދޫކޮށްފައިވާ ލޯނުތަކަށް ގަވައިދުން ފައިސާ ނުދައްކާ މައްސަލަ ބޮޑު ކަަމަށް އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ވަނީ ދައްކާފައެވެ. އެ ރިޕޯޓުގައި ބުނި ގޮތުގައި އެ ކުންފުނީގެ ދޫކޮށްފައިވާ 41 ޕަސެންޓު ލޯނަށް ފައިސާ ނުދައްކައެވެ.
ގަވާއިދުން ފައިސާ ނުދައްކާ ލޯނުތައް ގިނަ ނަމަވެސް، އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެ، މިދިޔަ އަހަރުގެ ތެރޭގައި ފުރަތަމަ ފަަހަރަށް ފައިދާއެއް ނެރެވިފައިވާ ކަމަށް އެ އޮޑިޓުން ދައްކައެވެ.
ކިޔުންތެރިންގެ ހިޔާލު