ކުއްލި ޚަބަރު

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 އަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޗައިނާގެ އެހީގައި އައްޑޫ ސިޓީގައި ލޮޖިސްޓިކް ހަބެއް ގާއިމުކުރަނީ

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑަށް ފޯމް ހުށައަޅަން ހުޅުވާލައިފި

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 އަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި އެވޯޑަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެގޮތުން އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނި ގޮތުގައި އެމްއެސްއެމްއީ އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ދެ ގިންތިއަކުން މައިގަނޑު 24 ދާއިރާއަށެވެ.

ޖަޖުކުރެވޭ ގިންތި (13 ދާއިރާއެއް)
ޕޮޕިއުލާ އެވޯޑްސް ގިންތި (11 ދާއިރާއެއް)
ބީސީސީން ވަނީ އެމްއެސްއެމްއީ އެވޯޑްއަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެދިފަ އެވެ. މި އެވޯޑަށް ނަން ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 3 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުން ފެށިގެން 2 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 23:59ގެ ނިޔަލަށެވެ.

މި އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ގިންތިތަކާއި، ދާއިރާތަކަށް ޚާއްސަ ޝަރުޠުތައް ހިމެނޭހެން، އެވޯޑުދޭ ދާއިރާތަކުގެ ތަފްސީލު “މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑު 2025ދިނުމާއި ގުޅޭ އުސޫލު “ގައި ބަޔާން ކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ޗައިނާގެ އެހީގައި އައްޑޫ ސިޓީގައި ލޮޖިސްޓިކް ހަބެއް ގާއިމުކުރަނީ

418828 2aa23227 1

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

112

ހުޅުމާލެ އެސްޓީއޯ ހޮޓެލް އެޗްޑީސީއާ ހަވާލުކޮށްފި

Main 20250904 122843

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ދެމީހަކު ހައްޔަރުކޮށްފި

TTH_advertisement ELL Mobile Advertisement