ކުއްލި ޚަބަރު

ވޭޕްގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީއަކު 959 ނެނޯސްޓިކާއެކު ހައްޔަރުކޮށްފި

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ފެނޭތޯ ބަލަން ވޯޓެއް ނަގަން ރައީސް ނިންމަވައިފި

މާލޭ ވިޔަފާރި ބަނދަރުގައި ހުރި ގިނަދުވަސްވީ މުދާ ނެގުމަށް އެދިއްޖެ

އާރުޓީއެލް ހިދުމަތް 5 އަތޮޅެއްގައި ފެށުމަށް ދިރާސާތަކުގެ މަސައްކަތް މި މަހު ފަށަނޭ

RTL
RTL

މިހާރު ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ފެރީގެ ހިދުމަތް ދޭ އަތޮޅުތަކުގެ އިތުރުން، 5 އަތޮޅެއްގައި ފެށުމަށް ހަދަންޖެހޭ ދިރާސާތަކުގެ މަސައްކަތް މި މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން ބުނެފި އެވެ،

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އިން ބުނީ އާރުޓީއެލް ފެރީގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ޒޯން 4 ގައި ހިދުމަތް ފެށުމަށްޓަކައި ހަދަންޖެހޭ ދިރާސާތައް ފެށުމަށްޓަކައި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް، ޖައިކާއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ޖައިކާގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބޭސްލައި ސާވޭއާ ބެހޭ މައުލޫމާތު ހިއްސާކުރިކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މި ސާވޭ އާރުޓީއެލް ޒޯން 4 ގައި ހިމެނޭ އަތޮޅުތައްކަމަށްވާ މ، ފ، ދ، ތ، އަދި ލ. އަތޮޅުގައި މި މަހާއި އަންނަ މަހު ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް އާރުޓީއެލް ހައި ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެކެވެ. މިއީ ކަނޑުމަގުންވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް ހަލުވިކޮށް ރައްޔިތުންނަށް ލުއިފަސޭހަވާނެ މަގުތައް ފަހިކޮށްދިނުމަށް ފަށްޓަވާފައިވާ މަޝްރޫއެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މި ހިދުމަތް ފޯރުކޮށްދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، (އެމްޓީސީސީ) ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

98

ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ

ރޯދައިގެ ތެރޭ ޖުމްހޫރީ މައިދާނާއި ހެންވޭރު ޓާމިނަލާ ދެމެދުގެ މަގު ހަދަން ފަށާނެ: ސައުދީ 

ބޮޑުތަކުރުފާނު މަގު: ތާރުޅައި ފުޅާކޮށް ދެކޮޅަށް ދުއްވޭގޮތަށް ހުޅުވާލައިފި

Screenshot 2026 02 16

ބޮޑުތަކުރުފާނުމަގު ގަސް އިންދުމުގެ ހަރަކާތެއް

TTH_advertisement