ބަންޑާރަ ނާއިބު އަލްއުސްތާޛު އަޙްމަދު އުޝާމް އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލްވުން އޮތީ ސުޕްރީމް ކޯޓްގަ އެވެ. އެ ބައްދަލްވުމާއި ގުޅޭގޮތުން ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ މި ބައްދަލްވުމުގައި ޝަރުޢީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމާއެކު، އަދުލު އިންސާފުގެ ދާއިރާ ކުރިއެރުވުމުގައި ޝަރުޢީ ދާއިރާއަށް އެއްބާރުލުން ދިނުމަށް ސަރުކާރުން ފުރިހަމަ އެހީތެރިކަަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި ކަމަށެވެ.
އުއްތަމަފަނޑިޔާރުކަމަަށް ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވީ އޮގަސްޓް މަހުގެ ހަވަނަ ދުވަހު އެވެ. އެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު އައްޔަނުކުރެއްވީ ކުރީން އެ މަޤާމުގައި ހުންނެވި އަޙްމަދު މުއުތަސިމް އަދުނާން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަތުމުންނެވެ.
ކިޔުންތެރިންގެ ހިޔާލު