ކުއްލި ޚަބަރު

ވިލިމާލޭ މާރުކޭޓް ހެދި ކުންފުންޏަށް ނުދައްކާހުރި ފައިސާ ދައްކަން ހުކުމްކޮށްފި

މިއަދުވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ފެނަކައިގެ ކެރިއާ ގައިޑެންސް ޕްރޮގްރާމުގައި 1100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެއްޖެ

ގައުމީ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެނަކަ އިންސްޓިޓިއުޓުން އިންތިޒާމްކޮށްގެން ބޭއްވި ކެރިއާ ގައިޑެންސް ޕްރޮގްރާމުގައި 1126 ދަރިވަރުން ބައިވެރިވެއްޖެ އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓް 30 އިން ސެޕްޓެމްބަރު އެކަކަށެވެ. 16 ރަށެއްގައި ކުރިއަށް ގެންގޮސްފައިވާ މި ޕްރޮގްރާމަކީ ގޮރޭޑް 10 އިން މަތީ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ސްކޫލް ދަރިވަރުންގެ މެދުގައި އިންޖިނިއަރިން ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމާއި، އެ ދާއިރާއިން ލިބެންހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ. ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ވަނީ އެ ރަށްރަށުގައި ހުރި ފެނަކައިގެ އިންޖީނުގެތަކަށާއި އެހެނިހެން މަސައްކަތް ސަރަހައްދުތަަކަށް ޒިޔާރަތްކޮށް، އެތަންތަނުގައި ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދީފައެވެ. މީގެ އިތުރުން އެ މަސައްކަތްތައް ކުރާ ގޮތުގެ އަމަލީ ތަޖުރިބާވެސް ދަރިވަރުންނަށް ލިބިފައިވެއެވެ.

މި ފަދަ ޕްރޮގްރާމްތަކަކީ ޒުވާނުން އިންޖިނިއަރިންގ ދާއިރާއަށް އަހުލުވެރިކުރުވުމަށާއި، މުސްތަގްބަލުގައި މި ދާއިރާއިން ގާބިލު މަސައްކަތްތެރިން އުފެއްދުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމުގައި ފެނަކައިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ވިލިމާލޭ މާރުކޭޓް ހެދި ކުންފުންޏަށް ނުދައްކާހުރި ފައިސާ ދައްކަން ހުކުމްކޮށްފި

ގުޅިފަޅުން ލިބުނު ގޯތި އިން ވަކިކޮށް ކަޑަޖެހުމުގެ މަސައްކަތް ފަށައިފި

ތިނަދޫ ރޯހައުސްތަކަށް ކުރިމަތިލާން ހުޅުވާލާނީ

immigration

މިއަދުވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

ELL Mobile Advertisement TTH_advertisement