ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމްޕީއެލް އިން ވަޒީފާގެ ފުރުސަތު ފަހިކޮށް ދެނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އިޖްތިމާއީ އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

އެ ވުޒާރާ އިން ބުނީ މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކާއި، މާލީ ޙާލަތުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތުދަށްވެފައިވާ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާ އަދި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ވެފައިވާ ފަހުމުނާމާއެއް ކަމަށެވެ.

މި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކާއި، މާލީ ޙާލަތުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ދަށްވެފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށް ވެސް އެ ވުޒާރާ އިން ބުންޏެވެ.

މި ފަހުމުނާމާ އަކީ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުޖުތަމަޢުގެ އެންމެހައި ފަރުދުންނަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާ އަދި މި އެއްބަސްވުމުގެ ސަބަބުން، މުޖުތަމަޢުގެ އެކި ގިންތިތަކުގެ މީހުންނަށް ވަޒީފާގެ ދާއިރާގައި ކުރިއަށްދިއުމުގެ މަގު ތަނަވަސް ވެގެންދާނެ ކަމަށް އެ ވުޒާރާ އިން ވަނީ ފާހަގަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister saeed

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި

mpl north harbour

ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރާކަށް ނޫޅޭ: އެމްޕީއެލް