ޓްރީ ޓޮޕް ހޮސްޕިޓަލުން 45 އަހަރުން މަތީގެ އުމުރުފުރައިގެ ފަރާތްތަކަށް އަމާޒުކޮށްގެން ހިލޭ ލޮލުގެ ޑޮކްޓަރަށް ދެއްކޭ ޚާއްޞަ “ކެޓަރެކްޓް ކެމްޕޭން” އެއް ފަށައިފިއެވެ.
މި ކެމްޕޭން ކުރިއަށްދާނީ ސެޕްޓެމްބަރު 7 އިން 13 އަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން މަޢުލޫމާތުދޭ ގޮތުގައި، މި ކެމްޕޭނުގައި ދިވެހިންނާއި ބިދޭސީންގެ އިތުރުން ފަތުރުވެރިންނަށްވެސް ބައިވެރިވެވޭނެއެވެ. ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ހަވީރު 5:30 އަށް ކޮންސަލްޓޭޝަންތައް ކުރިއަށްދާނެއެވެ. އަދި މި ކެމްޕޭނުގެ ދަށުން ހިދުމަތްހޯދާ ފަރާތްތަކަށް އިންޝިއުރަންސް އަދި އާސަންދަ ފިޔަވައި އިތުރު އެއްވެސް ޚަރަދަކާ ނުލައި ޑަކްޓަރަށް ދައްކައި ލޮލުގެ ސްކްރީނިން ހެދޭނެއެވެ.
ކެމްޕޭނުގައި ބައިވެރިވުމަށް ގޫގުލް ފޯމް މެދުވެރިކޮށް ކުރިއާލާ ރަޖިސްޓްރީ ކުރެވޭނެއެވެ. ނަމަވެސް، އެޕޮއިންޓްމަންޓް ނުހަދާ ނުވަތަ “ވޯކްއިން” އެޕޮއިންޓްމަންޓްތައްވެސް ޖާގަ އޮތް މިންވަރަކުން ބަލައިގަނެވޭނެކަމަށް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް، މި ކެމްޕޭނުގެ ދަށުން، ޑޮކްޓަރަށް ދެއްކުމާއި ސްކްރީނިންގް ފިޔަވައި އެހެނިހެން ޓެސްޓްތަކާއި ފަރުވާގެ ޚަރަދުތައް ދައްކަންޖެހޭނީ އާންމު އުސޫލުންނެވެ.
ރެޖިސްޓްރީކޮށް ނަން ނޯޓު ކުރުމަށް: https://shorturl.at/VKWMx
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
މި ކެމްޕޭނާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އަންގަވާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު