ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނު “ކޮލަމާ” ބޯޓުގެ ކެޕްޓަން މަރުވެއްޖެ

ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނު “ކޮލަމާ” ބޯޓުގެ ކެޕްޓަން މަރުވެއްޖެއެވެ.

ފުލުހުން ބުނީ ކޮލަމާ ބޯޓު ގެއްލުނު ކަމުގެ ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 1:25 ހާއިރު ކަމަށެވެ. އެ ބޯޓު މިހާރު ފެނިފައިވާ ކަމަށާއި ބޯޓު ފެނިފައިވަނީ އެކެފަރަ ސަރަހައްދުން ކަމަށެވެ.

ބޯޓު ފެނުނުއިރު ބޯޓުގެ ކެޕްޓަން، ގއ. ކޮލަމާފުށި، ދޮންވެލި، އާދަމް ސައީދު (60އ) އޮތީ ހަބަރު ހުސްވެފައި ކަމަށާއި އޭނާ ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށް ފުލުހުން ބުންޏެވެ.

ކޮލަމާ ބޯޓު ގެއްލުނީ މުދާ ހިފައިގެން ލ. އަތޮޅުން ހުވަދުއަތޮޅަށް ދަތުރުކުރަމުންދަނިކޮށެވެ.

ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

kulli khabaru

ވައިގޮޅިން ވެއްޓި މީހަކު މަރުވެއްޖެ

ކޮލަމާފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ %92 މަސައްކަތް ނިންމާލައިފި

kulli khabaru

ހިޔާ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

kulli khabaru

މޫނު ނިވާކޮށްގެން ތިބެ، ވެލާނާ އެއާޕޯޓުން ފައިސާ ހުރި ސޫޓް ކޭސްއެއް ފޭރިގެންފި

TTH_advertisement