ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަނބުރާ ދައްކަން ނުޖެހޭގޮތަށް ބީއެމްއެލް ސްޓާޓްއަަޕް ގްރާންޓަށް ހުޅުވާލައިފި

bml

ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ ސްޓާޓްއަޕް ގްރާންޓަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ އަލަށް ފަށާ އަދި 1 އަހަރު ނުވާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ބީއެމްއެލުން ހުޅުވާލާފައިވަނީ އަލަށް ފަށާ 3 ވިޔަފާރިއަކަށް ސްޓާޓްއަޕް ގްރާންޓް ދިނުމަށެވެ. އެގޮތުން ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ހިލޭ ދޫކުރާ ފައިސާއެވެ.

ބީއެމްއެލުން ވިދާޅުވީ މި ގްރާންޓަށް އެދުމުގެ ފުރުސަތު 7 ސެޕްޓެމްބަރ ވަނަ ދުވަހުގެ ހަވީރު 4 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާކަމަަށެވެ. މި އެހީ ހޯދުމަށްޓަކައި ވިޔަފާރި ހިޔާލަކާއެކު ވިޔަފާރި ޕްރޮޕޯސަލެއް ބީއެމްއެލްއަށް ހުށައަޅަންޖެހޭނެއެވެ.

ބީއެމްއެލުން ވިދާޅުވީ މިއީ ކޮންމެ ދާއިރާއަކުންވެސް ވިޔަފާރި ފަށަން ބޭނުންވާ އާންމު ފަރުދުންނަށާއި ރަޖިސްޓްރީކުރި ފަހުން އެއް އަހަރު ވެފައި ނުވާ ވިޔަފާރިތަކަށް ހުޅުވާލާފައިވާވާ ފުރުސަތެއްކަމަށެވެ. މި ގްރާންޓް ލިބޭ ވިޔަފާރިތައް ބީއެމްއެލުން ހޮވާނީ އެކަމަށް ޚާއްސަ އިވެލުއޭޝަން ކޮމެޓީއަކުންނެވެ.

ބީއެމްއެލް ސްޓާޓްއަޕް ގްރާންޓަށް ހޮވޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދިނުމުގެ އިތުރުން ވިޔަފާރީގެ މުހިންމު މައުލޫމާތުދީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މީގެކުރިންވެސް ބީއެމްއެލުން ވަނީ ސްޓާޓްއަޕް ގްރާންޓް ފޯރުކޮށްދީފައެވެ. އަދި މި ގްރާންޓުން ފަށާފައިވާ ވިޔަފާރިތައް މިހާރު ކާމިޔާބުކަމާއިއެކު ދަނީ ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި