ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެއް: ރައީސް

ލޯތްބާއި ކުލުނު ޢާއިލާތަކުގައި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ “މާމަ ކާފަ ދުވަސް” ފާހަގަކުރައްވާ އެ ދުވަހުގެ ތަޙުނިޔާ ފޮނުއްވާ ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވަނީ މި އުފާވެރި ދުވަހު އެމަނިކުފާނުގެ ހިތުގެ އިޚްލާޞްތެރި ހެޔޮ ދުޢާތައް ވަނީ، ދިވެހި ކޮންމެ މާމައަކާއި ކާފަޔަކާއެކު ކަމަށް ވިދާޅުވެފަ އެވެ.

ޤައުމީ ފެންވަރުގައި ޤައުމީ މާމަ، ކާފަ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1ވަނަ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމީ 2019 ވަނަ އަހަރު އެވެ.

ޤައުމީ ފެންވަރުގައި މާމަ، ކާފަ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުން ޤައުމަށް ކޮށްދީފައިވާ ޚިދުމަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމާއި، އެ މީހުންނަށް ލިބިފައިވާ ތަޖުރިބާއާއި މަޢުލޫމާތު ޙިއްޞާކުރުމަކީ މުހިންމު ކަމެއްކަން ހާމަކޮށްދިނުމާއި، މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ގިންތިއަކާއި، ފަންތިއެއްގެ ބަޔަކު ވެސް ހަވާސާކުރުމެއްނެތި އެންމެންގެ ބައިވެރިވުން އެކުލެވޭ ވެއްޓެއްގެ ގޮތުގައި މުޖުތަމަޢު ހެދުމެވެ.

އެ ގޮތުން ސްކޫލް، ކޮލެޖް، ޔުނިވަރސިޓީތަކުގައި ޤައުމީ އަދި ބައިނަލްއަޤުވާމީ އެހެނިހެން ދުވަސްތައް ފާހަގަކުރާ ގޮތަށް ޤައުމީ މާމަ، ކާފަ ދުވަސް ފާހަގަކޮށް، ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި މާމައިންނަށާއި ކާފައިންނަށް ލޯތްބާއި އަޅާލުމާއި، އިޙްތިރާމް އެންމެ މަތީދަރަޖައަކަށް އަށަގަނެވި ތިން ޖީލު ގުޅިގެން އެކުވެރި، އަޅައިލާ އަދި އޯގާތެރި މުޖުތަމަޢުއެއް ބިނާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ

raees muiz

މައިންނަށް ޚާއްޞަ ހުސް ވަގުތުތަކެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް