ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

މޫނު ބުރުގާ އަޅައިގެން ޝަރުޢީ ދާއިރާގައި މަސައްކަތްކުރެވޭގޮތަށް ޤަވާއިދަށް އިސްލާހެއް

JSC

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން މަސައްްކަތް ކުރެވޭގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިން ކަނޑައަޅައިފިއެވެ.

ޑީޖޭއޭއިން މިއަދު ނެރުނު ސާކިއުލާއެއްގައި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011ގެ ހެދުން އެޅުމާ ގުޅޭގޮތުން އޮތް 129 މާއްދާ ވަނީ އިސްލާހުކޮށްފައެވެ. މި ޤަވާއިދަށް އިސްލާހު ގެނައުމުގެ ކުރިން އޮންނަ ގޮތުން ޝަރުޢީ ދާއިރާގެ ކޮންމެ ޚިދުމަތަކީވެސް ޒިންމާދާރުކަމާއެކު އަދާކުރަންޖެހޭ އަދި ޖަވާބުދާރީ ވާން ޖެހޭ ޚިދުމަތަކަށްވެފައި، ޚިދުމަތްދޭ މުވައްޒަފު މަސައްކަތު ގަޑީގައި ހެދުން އަޅަން ޖެހޭނީ ކާކުކަން ރަނގަޅަށް އެނގޭ ގޮތަށެވެ.

މި މާއްދާއަށް މިހާރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، ޝަރުޢީ ދާއިރާގެ މުވައްޒަފުން މޫނު ބުރުގާ އެޅުމަށް އެއްވެސް ހުރަހެއް ނެތެވެ. އެހެން ނަމަވެސް މަސައްކަތުގެ މާހައުލުގެ ތެރެއިން މިފަދަ ހެދުން އަޅާ މުވައްޒަފުންނަކީ ކާކުކަން، ކަށަވަރުނުވެއްޖެނަމަ، އެފަދަ މުވައްޒަފެއްގެ މޫނު، ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެކަމަށް އިސްހާލުގައިވެއެވެ.

ޑީޖޭއޭއިން ވިދާޅުވީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދަށް ގެނައި އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރަން ފެށުމަށް ކޯޓުތަކުގެ އިތުރުން މި ދާއިރާގައި މަސައްކަތްކުރަމުންދާ އެހެން އިދާރާތަަކަށް އަންގާފައިވާނެކަމަށެވެ. މީގެ އިތުރުން ޝަރުޢީ ދާއިރާގެ ބައެއް އުސޫލުތައް ޒަމާނަށް ފެއްތުމަަށްޓަކައި ޑީޖޭއޭއިން މިހާރު އަންނަނީ އިސްލާހުތައް ގެންނަމުންނެވެ.

މީގެ ކުރިން ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުމުގެ ފުރުސަތު އޮތީ ހަނިވެފައެވެ. މިގޮތުން މީގެ ކުރިން މިފަދަ ކަންކަމުގައި ވަޒީފާއިންވެސް ވަކިކޮށްފައިވެއެވެ. އަދި ވަޒީފާ ދިނުންވެސް ހުއްޓުވާފައި ވެއެވެ.

މިފަދަ މައްސަލައެއް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައިވެސް ފެންމަތިވިއެވެ. މި މައްސަލަ ފެންމަތިވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އިސްލާމް ދީނާ ޚިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ ވަޒީފާ ދިނުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެކަމަށާއި މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ނުލިބޭ އުސޫލެއް ނޫނީ ޤަވާއިދެއް އޮތްނަމަ، އެ ޤަވާއިދެއް ބަދަލު ކުރަންޖެހޭކަމަށެވެ.

އަދި އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާ އެ މަސައްކަތް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އެމަނިކުފާނުވަނީ މި މުޖުތަމަޢަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ހަދަން އެންމެން ޢަޒުމް ކަނޑައަޅަންޖެހޭކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިވިލް ކޯޓުގައި ގާއިމުކުރި ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި

B irv3lfa0yctrtnenqr755ih7t

ހައިކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް ފަނޑިޔާރު ޝަފީއު

ސިވިލް ކޯޓުގެ ދެ ގާޒީއެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް

Ii

ކްރިމިނަލް ކޯޓުގެ ގާޒީކަމުން ފާއިޒު ވަކިކުރަން މަޖިލީހަށް ހުށަހަޅައިފިި

TTH_advertisement