ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަމާސްގެ އަސްކަރީ ފިޔައިގެ ތަރުޖަމާނު އަބޫ އުބައިދާ އަވަހާރަކޮށްލައިފި ކަމަށް ރިޕޯޓްތައް ފެތުރެން ފަށައިފި

ހަމާދިންއިރު، ގާޒާ ސިޓީގައި އަބޫ އުބައިދާ ހުންނެވި ކަމަށް ބުނާ އިމާރާތް ހުރިތަން:

ޣައްޒާގައި ވެރިކަންކުރާ ހަމާސްގެ އަސްކަރީ ފިޔައި، ޤައްސާމް ބްރިގޭޑްގެ ތަރުޖަމާނު އަބޫ އުބައިދާއަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށް، މުޖުރިމު ނަތަންޔާހޫ އިއުލާން ކޮށްފިއެވެ.

ނަތަންޔަހޫ މިކަން އިއުލާންކުރީ، ސަރުކާރުގެ ބައްދަލުވުމެއްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަބޫ އުބައިދާ އަވަހާރަކޮށްލަން ހަމަލާ ދީފައިވަނީ އިސްތިއުމާރީ އަސްކަރިއްޔާއާއި، އިސްރާއީލުގެ އެތެރޭގެ  ޖާސޫސީ އިދާރާ ޝިން ބެޓު ގުޅިގެން ގާޒާ ސިޓީގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވެއެވެ.

ނަމަވެސް، މިކަމާ ގުޅޭގޮތުން ހަމާސްއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ނަމަވެސް، ފަލަސްތީނުގެ މަސްދަރުތަކާ ހަވާލާދީ އަރަބި ބައެއް މީޑިއާ ވަސީލަތްތަކުން ބުނަނީ، އިސްރާއީލު ސިފައިންގެ ހަމަލާގައި އަބޫ އުބައިދާ އަވަހާރަ ކޮށްލާފައިވާ ކަމަށެވެ.

އަބޫ އުބައިދާއަކީ، އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާގައި ހިންގާ ޖަރީމާތައް މުޅި ދުނިޔެއަށް ހާމަކޮށްދެއްވަމުން ގެންދެވި އަޑެވެ. ހަމާސްގެ މޫމުމައްޗެވެ. އިސްތިއުމާރީ ބާރުން ހަދަމުންދިޔަ ދޮގުތައް ދުނިޔެއަށް ހާމަކުރަމުންދިޔަ ފަރާތެވެ.

އިސްރާއީލާއި ހުޅަނގުގެ މީޑިއާއިން އަބޫ އުބައިދާއަކީ “ޓެރަރިސްޓެއް” ކަމަށް ބުނެ ވާހަކަތައް ފެތުރި ނަމަވެސް، އަބޫ އުބައިދާއަކީ ޣައްޒާއާއި ފަލަސްތީނާއި އަދި އިސްލާމީ އުންމަތުގެ ކުރިމަތީގައި ބަޠަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ