ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާނޭ އެއްޗެއް ނުލިބި ޣައްޒާއިން އިތުރު ތުއްތު ކުއްޖަކު މަރުވެ، އަދަދު 333 އަށް އަރައިފި

ކާނޭ އެއްޗެއް ނުލިބި ޣައްޒާއިން އިތުރު ތުއްތު ކުއްޖަކު މަރުވެއްޖެއެވެ.

މިއާއެކު، ކާނޭ އެއްޗެއް ނުލިބުމާއި، ރަނގަޅު ކާނާ ނުލިބި މުޅި ޣައްޒާގައި އާންމުވެފައިވާ ބަނޑުހައިހޫނުކަމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 333 އަށް އަރާފައި ވެއެވެ.

ބަނޑުހައިހޫނުކަމުގައި މަރުވި މީހުންގެ ތެރޭގައި 125 ތުއްތުކުދިންނާއި، ކުޑަކުދިންވެސް ހިމެނެއެވެ.

ޣައްޒާ ސަރުކާރުގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނެފައިވަނީ، ބަނޑުހައިހޫނުކަމުގައި އިއްޔެއާއި، އޭގެ ކުރީދުވަހު އެކަނިވެސް 10 މީހުން މަރުވި ކަމަށެވެ. އޭގެތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ.

އިސްތިއުމާރީ ބާރުން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރިޔަނުދީ ބަންދުކޮށްފައި އޮންނަތާ އެތައް މަހެއް ވެއްޖެއެވެ.

ދުނިޔޭގެ ޕްރެޝަރާ ހެދި މިފަހުން އިންސާނީ އެހީގެ މަދު މިންވަރެއް އެތެރެކުރަން ހުއްދަދިން ނަމަވެސް، އެތަކެތި އެހީ ބޭނުންވެފައި ތިބި މީހުންނާ ހަމަޔަކަށް ނުފޯރައެވެ. އޭގެކުރިން، އިސްތިއުމާރީ ސިފައިން ވާގިދީގެން އުޅޭ ހަތިޔާރު އެޅި ގްރޫޕްތަކުން އެހީގެ ސާމާނު ލޫޓުވާލައެވެ.

އިސްތިއުމާރީ ބާރުން ހިފުމަށް މަސައްކަތް ފަށާފައިވާ، ޣައްޒާގެ ވެރިރަށް ގާޒާ ސިޓީއަށް މިހާރު އެއްވެސް ވަރަކަށް އެހީގެ އެއްވެސް ސާމާނެއް އެތެރެ ނުކުރެވެއެވެ. ޓެރަރިސްޓުން މިހާރުވަނީ މުޅި ގާޒާ ސިޓީ ބަންދުކޮށްފައެވެ.

ގާޒާ ސިޓީ ހުސްކުރުމަށް، އެކި ރަށްތަކަށް ވައިގެ ހަމަލާތައްދީ އަދި އެއްގަމުމަގުން ހަމަލާތައް ދެމުން ގެންދާއިރު، އެތައްބަޔަކު ޝަހީދުކުރަމުން އެބަ ގެންދެއެވެ. އަދި އާއިލާތައް ގަދަކަމުން ގެދޮރުން ނެރެ ފައްސަމުންވެސް އެބަ ގެންދެއެވެ.

އިސްތިއުމާރީ ބާރުން ހަމަލާދީ އިއްޔެ އެކަނިވެސް ޣައްޒާއިން 77 މީހުން ޝަހީދުކޮށްލިއިރު، މިއަދުގެ މިހާތަނަށް 18 މީހުން ޝަހީދުކޮށްލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ