ކުއްލި ޚަބަރު

ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، ހިދުމަތް ފަށަން ރައީސް ގަރާރަކުން ނިންމަވައިފި

ނޮވެންބަރު 3ގެ ހަނދާނީ އައްޑަނަ ޝަހީދުންގެ ޢާއިލާތަކަށް ދެއްވައިފި

އާ ޓާމިނަލުން ޔޫއެސް-ބަންގްލާ އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފި

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް 25 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ނިންމައިފި

11

މޫސުމީ ބަދަލުތަކަށް ހޭނުމާއެކު އެ ބަދަލުތަކުން އަރައިގަތުމަށް 25 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ނިންމާފައިވާކަަން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާ އިން ހާމަކޮށްފިއެވެ.

އޭޕެކް އެންވަޔަރަމެންޓް ފޯރަމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް އިއުލާނުކުރެއްވި މި މަޝްރޫއަށް ފަންޑުކުރަނީ ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް)އިންނެވެ. އެ ފަންޑުން މި މަޝްރޫއު ހިންގުމަށް 25 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ހަމަޖައްސައިދީފައިވެއެވެ.

‘ޓުވާޑް ރިސްކް-އެވެއަރ އެންޑް ކްލައިމެޓް-ރެޒިލިއަންޓް ކޮމިއުނިޓީސް (ޓްރެކްޓް)’ގެ ނަމުގައި ފަށާ މި މަޝްރޫއުގެ ސަބަބުން މޫސުމީ ހިރާސްތަކާ ކުރިމަތިލައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑަށް މަގުފަހިވާނެ ކަމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

މި މަޝްރޫއުގެ މަގުސަދަކީ ދިވެހި މުޖުތަމައުތަކަކީ މޫސުމީ ބަދަލުތަކަށް ހޭލުންތެރިވެފައިވާ، އެ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކާ ކުރިމަތިލުމަށް ތައްޔާރުވެފައިވާ މިހާރަށްވުރެ ވިލުންތެރި މުޖުތައުތަކަކަށް ހެދުންކަމަށް އެ ވުޒާާރާއިން ބުނެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާާއި، އެ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގެ ވެއްޓަށާއި ދިރިއުޅުމުގެ މާހައުލަށް އަންނާނެ ބަދަލުތަކާމެދު ދިވެހިން ހޭލުންތެރިކޮށް، އެ ނުރައްކާތަކުން ސަލާމަަތްވުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމަށް މި މަޝްރޫއުން އެހީތެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

98b

ރާއްޖެއިން ބައިވެރިވި އދ. ގެ ތިންވަނަ އޯޝަން ކޮންފަރެންސް ނިންމާލައިފި

820

މިނިސްޓަރު ތޯރިގު އދ.ގެ އިސް ވެރިންނާ ބައްދަލުކުރައްވައިފި

9ew

މިނިސްޓަރު ތޯރިގު ސިންގަޕޫރުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

Whatsapp image 2025 06 07 at 09.58.26

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ތޯރިގު ފްރާންސަށް ފުރާވަޑައިގެންފި

TTH_advertisement