ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކ. ގުރައިދޫގައި 100 ރުއް އިންދައިދޭނެ ބަޔަކު ހޯދަނީ

112

ކ. ގުރައިދޫގައި 100 ރުއް އިންދައިދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން މިއަދު އިއުލާނުކޮށްފިއެވެ.

އެ ރަށު ކައުންސިލުން ކުރި އިއުލާނުގައި ބޭނުންވާ ރުކުގެ ތަފްސީލާއި، މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންވީ މައުލޫމާތުތައް ހިމަނާފައިވެއެވެ.

އެ އިއުލާނުގައވާގޮތުން އހޯދަނީ 100 ރުކެވެ. ރުކުގެ ދިގުމިން ހުންނަންވާނީ، ކަދު ބުޑުން ފެށިގެން ރުކުގެ ފަންތަކުގެ ބުޑާ ހަމައަށް މައްޗަށް ހަތް ފޫޓާ، ދިހަ ފޫޓާ ދެމެދުގައި ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

އެއްވެސް ރުކެއްގައި ބައްޔެއް ހުރެގެން ނުވާނެ ކަމަށް ވެސް ގުރައިދޫ ކައުންސިލުން ބުންޏެވެ.

ރުއްތައް ގެނައުމާއި، ކައުންސިލުން ދައްކާ ތަންތަނުގައި ރުއް އިންދުމަކީ މަސައްކަތާ ހަވާލުވާ ބައެއްގެ ޒިންމާއެއް ކަމަށް ކައުންސިލުން ބުންޏެވެ.

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅަން މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. ބީލަން ހުށަހެޅޭނީ ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ރަޖިސްޓްރީކޮށްގެން ހިންގާ ޕާޓްނާޝިޕްތަކަށާއި، ކޯޕަރޭޓިވް ސޮސައިޓީތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.

ބީލަމުގައި ރަޖިސްޓްރީކުރަން 500 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. ބީލަން ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ ހެނދުނު 08:30ގެ ކުރިންނެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ވެސް ވަނީ މި އަހަރު ލ. ފޮނަދޫ، ގދ. މަޑެވެލި، ކ. ކާށިދޫގައި ޖުމްލަ 60 ރުއް އިންދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 11 25 at 16.23.39

ކ. ގުރައިދޫ ގައި ގާއިމުކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މެންޓަލް ހެލްތް ފެސިލިޓީއަކަށް ބަދަލު ކުރަނީ

ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް، ފަތުހުﷲ ސަސްޕެންޑްކޮށްފި

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކަސްޓަމްސްއިން އެހީތެރިކަން ފޯރުކޮށްދީފި

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފުރަތަމަ ދަތުރު ގުރައިދުއަށް