ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީހަކު މަރާކަށް ނުގޮވަން، “އުލުބޭންދުން” ބޭނުންކުރީ އެހެން މާނައެއްގައި: ފަލާހު

falah

މީޑިއާތަކަށް ނިސްބަތްކޮށް “އުލުބޭންދުން” ބޭނުންކުރެއްވީ އެހެން މާނައެއްގައި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ފަލާހު ދެއްކެވި ވާހަކަތަކަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއްގައި ފުލުހުން މިއަދު ވަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ލަފަޔަކަށް އެދިފައެވެ.

ފަލާހު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ އެ މައްސަލައިގައި ނިންމި ރަނގަޅު ނިންމުމެއް ކަމަށާއި އޭނާ ޖަލުގައި އުޅޭ ނަމަ، އެތަނުގެ ރަހުމަތްތެރިންނަށް ވާނީ އެމްޑީޕީގެ ވެރިކަންކުރެއްވި ރައީސުންނާއި އެމްޑީޕީގެ ގިނަ އަދަދެއްގެ މަޖިލީސް މެންބަރުން އަދި އެންމެ ގިނަވާނީ ނޫސްވެރިން ކަމަށެވެ.

އެއަށްވުރެ ގިނައިން އިސްލާމްދީނުގެ އަސްލުތަކާ ހިލާފުވެ، އެފަދަ ވާހަކަތައް ދައްކާފައިވާ ބައެއް މި ގައިއުމުގައި ނޫޅޭނެ ކަމަށާއި އަދި އިސްލާމްދީން ނޫން ދީންތައް މި ގައުމަށް ގެނައުމަށް ވަކާލާތުކުރި ދެވަނަބައެއްވެސް ނޫޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑު ނޯންނާނެ މީހަކު މަރަން ބުނެފައެއް. އުލުބޭންދުން އަޅުގަނޑުމެން ހިސާބުގައި ބޭނުންކުރަނީ ބަސްނާހާމީހުން ބިމަށްވުރެ މަތީތާކަށް އެރުވުމަށް. ކުރިއަށްއޮތް މަދު ދުވަސްކޮޅު ތެރޭ މަތީގައިވާ ރައްޓެހިންނާ ބައްދަލުވާނެކަމަށް އުންމީދުކުރަން،” އޭނާ ވިދާޅުވިއެވެ.

މަޖިލީހުގައި ފަލާހު އެ ވާހަކަތައް ދައްކަވާފައިވަނީ، މިހާރު ހުށަހަޅާފައިވާ މީޑިއާ ކޮމިޝަންގެ ބިލުގެ ބަހުސްގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ޚިޔާލު ހޯދުމުގެ ވޯޓާއި ދައުރު ދަންމާލުމާ ގުޅުމެއް ނެތް: ފަލާހު

Mp Falah

ޓެރަރިޒަމް ގާނޫނަށް އެމްޑީޕީން ހުށަހެޅި އިސްލާހަށް ސަރުކާރުގެ ތާއީދު އެބައޮތް: ފަލާހު

DSC09861

އެމްޑީޕީގެ ސިޔާސަތުތައް ވަނީ ބާވެ މުސްކުޅިވެފައި: ފަލާހު

117

ކައުންސިލް އިންތިޚާބުގެ ޕީއެންސީގެ ކެމްޕޭން މެނޭޖަރަކީ ފަލާހު