ކުއްލި ޚަބަރު

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ފްލެޓު އެއްބަސްވުމުގައި 2400 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި

gedoru veriya

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓުތަކުގެ އެއްބަސްވުމުގައި މިހާތަނަށް 2400 އަށްވުރެ މީހުން ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.

އެފްޑީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ސޮއިކުރުމަށް ތާވަލު ކުރެވުނު އެއްބަސްވުންތަކުގެ ޢަދަދަކީ 3005 އެވެ. މީގެ ތެރެއިން ސޮއިކުރެވިފައިވަނީ 2416 އެއްބަސްވުމުގައި ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

އެ ކޯޕަރޭޝަނުން ބުނީ މިހާރުވެސް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރު ކުރުމަކީ އެ ކޯޕަރޭޝަނުގެ އަމާޒެއް ކަމަށެވެ.

މިއީ އިޖްތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު އެއް ލަނޑުދަނޑި ކަމުގައި އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު ބޭނުންވާ ލިޔެކިޔުންތަކަށް ސަމާލުވުމަށް އެފްޑީސީން ވަނީ ތަކުރާރުކޮށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

fdc

ފްލެޓްތަކުގެ 1،000 އަށްވުރެ ގިނަ ތަޅުދަނޑި ހަވާލުކޮށްފިން: އެފްޑީސީ

FDC

މި މަހުގެ 25 ގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކޮށް ނިމޭނެ: ހަމްދާން

އެފްޑީސީގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

މަސްވެރީންނާއި ޓޫރިޒަމް މުވައްޒިފުންނާއި ޓެކްސީ ޑްރައިވަރުންނަށް 350 ފްލެޓް ކަނޑައަޅައިފި

TTH_advertisement