ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑުގެ ސައިންސާއި ޓެކްނޮލޮޖީ ތަރައްގީކުރަން ޗައިނާއާއެކު މަޝްވަރާކޮށްފި

112

ކަނޑުގެ ސައިންސާއި ޓެކްނޮލޮޖީ ތަރައްޤީކުރަން ޗައިނާއާއި ދިވެހިރާއްޖެ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން މިއަދު ކުރިއަށް ގެންދިޔައީ ފިޝަރީޒް މިނިސްޓްރީގައެވެ.

މި ބައްދަލުވުމުގައި ފަސްޓް އިންސްޓިޓިއުޓް އޮފް އޯޝަނޮގްރަފީ (އެފްއައިއޯ) ގެ ޑިރެކްޓަރ ޖެނެރަލް، ޕްރޮފެސަރ ޓީގަންގ ލީ ގެ އިތުރުން އެފްއައިއޯގެ އިސްބޭފުޅުންނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ކަނޑުގެ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ އެ ދާއިރާ އިތުރަށް ތަރައްގީކޮށް ދެ ގައުމު ގުޅިގެން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

އެގޮތުން ފިޝަރީޒް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި އެކުގައި ކުރާ ދިރާސާތަކުގެ ހުށަހެޅުންތަކާއި، ތަމްރީނު އަދި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ސައިންޓިފިކް މަޢުލޫމާތު ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފިޝަރީޒް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަ ކުރުމަށް ކުރިއަށް އޮތްތަނުގައި ދެ ގައުމު ގުޅިގެން ކުރިއަށްގެންދާނެ މަސައްކަތްތަކާއި ކުރިމަގުގައި އެކުގައި މަސައްކަތްކުރުމަށް ރާވާފައިވާ އެހެނިހެން މަސައްކަތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލް ކުރުމުގެ 10 ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭގައި ކަންނެލި ކޯލްޑް ޗެއިން ކޮމްޕްލެކްސްއެއް އެޅުމަށް ބީލަމަށް ހުޅުވާލައިފި

fishing

ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

miyaru

ކަށި މިޔަރު މަސްވެރިކަމުގެ ލައިސެންސް ލިބޭނީ ފުރަތަމަ ހުށަހަޅާ 40 ދޯންޏަށް