ކުއްލި ޚަބަރު

ކަނޑުގެ ސައިންސާއި ޓެކްނޮލޮޖީ ތަރައްގީކުރަން ޗައިނާއާއެކު މަޝްވަރާކޮށްފި

ނޫސްވެރިންގެ ޖަމިއްޔާއާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ރައީސް އަޑުއައްސަވައިފި

ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރާކަށް ނޫޅޭ: މިނިސްޓަރު ޚަލީލް

މީޑިއާ ބިލް އަނބުރާ ގެންދާކަށް ނުޖެހޭ، އިސްލާހު ކުރެވިދާނެ: އުޝާމް

Img 8698

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ” ބިލު އިސްލާހު ކުރެވިދާނެކަމަށާއި، އެ ބިލު އަނބުރާ ގެންދަންޖެހޭކަމަށް ގަބޫލު ނުކުރައްވާކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ އެ ބިލްގެ މަސައްކަތަކީ ކުރީގެ މަޖިލިސްތަކުންވެސް ކުރަން އުޅުނު މަސައްކަތެއްކަމަށެވެ. އެކަން ބަންޑާރަ ނައިބުގެ އޮފީހުގެ ލިޔެކިޔުންތަކުން ހާމަވާކަމަށްވެސް ވިދާޅުވި އެވެ.

“މިހާރު ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން މިހާތަނަށް މި ބިލުގައި ހުރި މާއްދާތައް ދިރާސާކުރިއިރު، އަދި މިހާތަނަށް މިމަސައްކަތާއި ގުޅޭގޮތުން ބަންޑާރަ ނައިބު އޮފީހުގައި ކުރި މަސައްކަތްތަކާއި އަދި އެކިއެކި ފަރާތްތަކުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، އަޅުގަނޑުގެ އޮޕީނިއަންއަކީ މިހާރު ހުށަހަޅާފައިވާ އޮތް ބިލް އިތުރަށް ރަނގަޅު ކުރެވިދާނެ ކަމަށް. އަޅުގަނޑެއް ޤަބޫލެއް ނުކުރަން ބިލު ނަގަން ޖެހޭ ކަމަކަށް.” އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ 2022 ވަނަ އަހަރު މީޑިއާ ކައުންސިލުން ޑްރާފްޓްކޮށް އެ ކައުންސިލުން ފޮނުވާފައިވާ ބިލާއި މިހާރު ހުށަހަޅާފައިވާ ބިލާއި މާބޮޑު ތަފާތެއް ނެތް ކަމަށެވެ. އަދި މިފަދަ ބިލެއް އެ ކައުންސިލުން ހުށަހަޅާނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

“ވަރަށް ސާފުކޮށް މިއޮތީ މީޑިއާ ކައުންސިލުން ހުށެހެޅުއްވި ބިލުގައި ތިބޭފުޅުން ހުށަހަޅުއްވާފައި، މީޑިއާތަކާއި ދޭތެރޭ ޖިނާއީ ފިޔަވަޅު އެޅޭގޮތަށް ހުށަހަޅުއްވާފައި. މިހާރު މަޖިލީހުގައި އޮތް ބިލުގައި އެފަދަ ކަމެއް ނެތް. އަޅުގަނޑުގެ ކަންބޮޑުވުމަކީ މިހާތަނަށް މީޑިއާ ކައުންސިލުން ކޮށްފައި ހުރި މަސައްކަތުން ހުށަހަޅާފައި އޮތް ބިލުގައި ވަކި އެކްސްޓްރީމް ކޮންކަމެއްތޯ އޭ އޮތީ. މިހާރު ތިބޭފުޅުން ފަރާތުން މީޑީއާ ކައުންސިލުން ހުށަހަޅާފައި އޮތް ބިލުގައި މައްޗަށް ބިނާކޮށް އޭގައި އެހުރި ބާރުތަކަށާއި ކޮމިޝަނުގެ ބާރުތަކަށް ބިނާކޮށް މިހާރު ހުށަހަޅާ އޮތް ބިލަށް އިސްލާހު ނުގެނެވެންވީ ސަބަބެއް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ.” އުޝާމް ވިދާޅުވިއެވެ.

އެ ބިލަށް ސަރުކާރުގެ ފަރާތުން އިސްލާހުތަކެއް ހުށަހަޅުއްވާނެ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ކަނޑުގެ ސައިންސާއި ޓެކްނޮލޮޖީ ތަރައްގީކުރަން ޗައިނާއާއެކު މަޝްވަރާކޮށްފި

418377 129aaf7f 8

ނޫސްވެރިންގެ ޖަމިއްޔާއާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ރައީސް އަޑުއައްސަވައިފި

Whatsapp image 2025 08 27 at 22.37.02

ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރާކަށް ނޫޅޭ: މިނިސްޓަރު ޚަލީލް

ޤައުމީ ޔުނިވަރސިޓީގެ ލައިބްރަރީ ދުވަހާ ގުޅިގެން ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ELL Mobile Advertisement TTH_advertisement