ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެދޮރުވެރިޔާ ފުލެޓްތައް ހުންނަ ސަރަހައްދުގައި ދުވާރު ހެދުމުގެ ބޮޑު ބައި ނިމިއްޖެ

112

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އެ ސަރަހައްދުގެ ދުވާރު ހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ.

މިއީ، 4000 ފްލެޓުގައި އަލަށް މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ސަރަހައްދުގައި އަސާސީ ވަސީލަތްތައް ގާއިމްކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، ދެވަނަ ފިޔަވަހީގެ ނިރޮޅުމަގު، ޒޯން 1 އަދި ޒޯން 2 ގެ ދުވާރު ހެދުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާއިރު، ޒޯން 1 ގެ %75 މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ޒޯން 2 ގެ %58 މަސައްކަތް ނިމިފައިވާއިރު، ޒޯން 1 އަދި 2 ގެ ދުވާރު ހެދުމުގެ މަސައްކަތް މިއަންނަ މަހުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށާއި، ޒޯން 3 ގެ ދުވާރު ހެދުމުގެ މަސައްކަތް ފެށުމަށް އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދުވާރު ހެދުމުގެ މަސައްކަތުގެ އިތުރުން، ދެވަނަ ފިޔަވަހީގައި ގެދޮރުވެރިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި ޖުމްލަ 5 ބަސް ސްޓޮޕް ގާއިމްކުރުމުގެ މަސައްކަތްވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ސަރަހައްދުގެ ނިރޮޅުމަގުގެ ބަސް ސްޓޮޕްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި ދެވަނަ ބަސް ސްޓޮޕް، އެ ސަރަހައްދުގެ ހިތިގަސް މަގުގައި ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ބަސް ސްޓޮޕްގެ މަސައްކަތް ވެސް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

4000 ފްލެޓްގެ މަޝްރޫއަކީ ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މުހިންމު މަޝްރޫއެއް ކަމުގައިވާއިރު، މި ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން ބޭނުންވާ ހުރިހާ އަސާސީ ހިދުމަތްތަކެއް ގާއިމްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި