ކުއްލި ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ތުރުކީއާ އެކު މަޝްވަރާކޮށްފި

ޤަވާއިދާ ޚިލާފަށް އުޅުނު 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޑްރޯންގެ އެހީގައި ރާއްޖެ ސަރަހައްދުން ލަންކާގެ ދެ މަސްބޯޓު ހިފަހައްޓައިފި

ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތްކުރާ ސަރަހައްދަށް ޑައިވް ނުކުރަން އެދިއްޖެ

Rasmale

“ރަސްމާލެ” މަޝްރޫއަށް ބިން ހިއްކުމަށް ވެލި ނަގާ ސަރަހައްދުތަކުގައި ދޯނި އެޅުމާއި ޑައިވް ކުރުން ފަދަ ކަންތައް ނުކުރުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ސައިޓް “ސީ” އަދި “އީ” ހިއްކުމަށް ވެލި ނަގަން ހަމަޖެހިފައިވާ ސަރަހައްދުތަކާއި ބިން ހިއްކާ ތަނާ ދެމެދު ޑްރެޖަރު 24 ގަޑިއިރު ހަރަކާތްތެރިވާނެ ކަމަށެވެ. އެ ކުންފުނިން ވަނީ ވެލި ނަގާ ސަރަހައްދުތަކާއި ޑްރެޖަރު ހަރަކާތްތެރިވާނެ ސަރަހައްދާއި އަދި ބިން ހިއްކާ ތަނާ ދެމެދު ޑްރެޖަރު ދަތުރުކުރާނެ މަގު ފެންނާނެ ޗާޓު ވެސް އާންމުކޮށްފައެވެ.

އެޗްޑީސީން ވިދާޅުވީ އެ ސަރަހައްދުތަކުގައި އުޅަނދުފަހަރު އަޅައިގެން ތިބުމާއި ޑައިވް ކުރުން ފަދަ ކަންތައް ކުރުން ރައްކާތެރި ނޫން ކަމަށެވެ. އަދި އެ ސަރަހައްދުން ކަނޑު ދަތުރު ކުރާ ނަމަ އެ ކަމަށް ސަމާލުވުމަށްވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ސައިޓް “ސީ”ގައި ހިމެނޭ 190 ހެކްޓަރާއި “އީ”ގައި ހިމެނޭ 75 ހެކްޓަރ ހިމެނޭޙެން ޖުމްލަ 265 ހެކްޓަރުގެ ބިން ހިއްކަން މިމަހުގެ 21 ވަނަ ދުވަހުގައެވެ. އެގޮތުން ބިންހިއްކުމަށް ފަށާފައިވަނީ ޓްރެއިލަރ ސަކްޝަން ހޮޕަރ ޑްރެޖަރެއް ކަމުގައިވާ “ޔެންގ ޖުން 1” އެވެ. މި ޑްރެޖަރުގެ ކެޕޭސިޓީއަކީ 21،000 ކިޔުބިކް މީޓަރެވެ. މިއީ ރަސްމާލެ ހިއްކުމަށް މިހާތަނަށް ބޭނުންކުރަމުން އައި ޑްރެޖަރަށް ވުރެ ދެގުނަ ބޮޑު ޑްރެޖަރެއެވެ.

ރަސްމާލެ ތަރައްޤީކުރަނީ 1153 ހެކްޓަރުގެ ފުށި ދިއްގަރު ފަޅުން 1009 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 129.60 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

rasmale

ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންޓެއް ހޯދަނީ

112

ރަސްމާލޭގެ އިތުރު ސަރަހައްދުތައް ހިއްކަން މި ހަފްތާގައި ފަށަނީ

112

ކެންދޫ ދާއިރާގެ މެންބަރު ރަސްމާލެއަށް ދިރިއުޅުން ބަދަލުކުރަން ނިންމައިފި

Rasmale

ރަސްމާލެ މަޝްރޫޢު 129 ހެކްޓަރުގެ ބިން ހިއްކައިފި

TTH_advertisement