ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ނަތަންޔާހޫ ޕްރެޝަރ ކުރީކަމަށް އީރާނުން ބުނުމުން އޮސްޓްރޭލިއާއިން އެ ވާހަކަތައް ދޮގުކޮށްފި

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް

އޮސްޓްރޭލިއާއިން އީރާނާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަންފެށީ، މުޖުރިމު ނަތަންޔާހޫ ޕްރެޝަރ ކޮށްގެން ކަމަށް އީރާނު ކުރާ ތުހުމަތު އޮސްޓްރޭލިއާއިން ދޮގުކޮށްފިއެވެ.

އޮސްޓްރޭލިއާގެ ސިޑްނީއާއި، މެލްބަންގައި ޔަހޫދީންނާ ދެކޮޅަށް ދެވުނު ހަމަލާތަކަކީ އީރާނުން އިރުޝާދު ދީގެން ދިން ހަމަލާތަކެއް ކަމަށްބުނެ، އޮސްޓްރޭލިއާއިން މިހާރުވަނީ، އީރާނުން އޮސްޓްރޭލިއާއަށް ކަނޑައަޅާފައި ހުންނަ އެމްބަސެޑަރު، އޮސްޓްރޭލިއާއިން ބޭރުވުމަށް އަންގާފައެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ބުނެފައިވަނީ، އޮސްޓްރޭލިއާގެ ޖުއިޝް ކޮމިއުނިޓީއަށް އަމާޒުކޮށް ދެވުނު ހަމަލާތަކުގެ ތެރެއިން ދެ ހަމަލާއެއް އައިސްފައިވަނީ ސީދާ އީރާނު ސަރުކާރުގެ އިރުޝާދުގެ ދަށުން ކަމުގެ “ޖާސޫސީ” މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އީރާނުގެ އަސްކަރިއްޔާ، އައި އާރްޖީސީއަކީ “ޓެރަރިސްޓް” ގްރޫޕެއް ކަމަށް ކަނޑައެޅުމުގެ މަސައްކަތްވެސް އޮސްޓްރޭލިއާއިން މިހާރުވަނީ ފަށާފައެވެ.

އެކަމަކު، އީރާނުންވަނީ އޮސްޓްރޭލިއާގެ ތުހުމަތުތައް ދޮގުކޮށްފައެވެ.

އޮސްޓްރޭލިއާ ސަރުކާރުން އީރާނާ ދެކޮޅަށް މިފަދަ ކުއްލި ފިޔަވަޅުތަކެއް އެޅި ސަބަބާ ގުޅޭގޮތުން ދުނިޔޭގައި އެތައް ވާހަކަތަކެއް ދެކެވެމުން އެބަދެއެވެ. އަދި މިއީ، އިސްރާއީލުގެ ލޮބީ ގްރޫޕްތަކުގެ ނުފޫޒުން ވެގެން އުޅޭ ކަމެއް ކަމަށްވެސް ބުނަމުން ގެންދެއެވެ.

ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް އޮސްޓްރޭލިއާއިން ބަލައިގަތުމަށް ބޮޑުވަޒީރު އަލްބަނީޒް ބުނެފައި ވުމާއި، ފަލަސްތީނަށް  ތާއީދުކޮށް އޮސްޓްރޭލިއާގެ އާންމުން މަގުތަކަށް ނުކުމެ ބޭއްވި ބޮޑެތި އެއްވުންތަކަށްފަހު، އިސްރާއީލަށް ހަމަނިދި ނުނިދޭ ކަމަށް ވެއެވެ.

އެހެންވެ، އޮސްޓްރޭލިއާގެ ސިޑްނީއާއި، މެލްބަންގައި ހުރި ޔަހޫދީންގެ ފައްޅިތަކަށް ބަޔަކު ހަމަލާދިނީއެވެ. އެ ހަމަލާގެ ޒިންމާ އެޅުވީ އީރާނުގެ ބޮލުގައެވެ.

އޮސްޓްރޭލިއާގެ ރައްޔިތުން ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލުމުން އަދަބު ލިބުނީ އީރާނަށެވެ.

މިއީ، ސީދާ ޔަހޫދީ ލޮބީ ގްރޫޕްތަކުން އަޑީގައި ތިބެގެން ކުރުވި ކަމެއްކަމުގެ ތުހުމަތު ކުރެވިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

ކިތަންމެ ބިރެއް ދެއްކިޔަސް މިނިވަންކަމާ ގުޅޭ ކަމެއްގައި ދޫދިނުމެއްނެތް: އީރާނުގެ ޚާރިޖީ ވަޒީރު

އަވަސްއަރުވާލައިގެން އީރާނަށް ހަމަލާދޭކަށް ނޫޅެން: އެމެރިކާގެ ރައީސް ޓްރަމްޕް

ޓްރަމްޕް އީރާނަށް ދޫނުދިން، އީރާނުންވެސް ދޫނުދޭ، މާދަމާއަށްފަހު އީރާނަށް ހަމަލާދޭން ފަށާފާނެ

TTH_advertisement