ކުއްލި ޚަބަރު

ދޯންޏެއް ބަންޑުން ޖަހާލައި މީހަކު ގެއްލިއްޖެ

ޑރ ޕެޕާ ރާއްޖޭގައި ވިއްކުން މަނާކޮށްފި

ކުރީގެ ނައިބު ރައީސް އަދީބުގެ އެމްޓީޑީ އުވާލައިފި

ނޭކުރެންދޫ ސިއްޙީ މަރުކަޒުގެ އާއިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

ހދ. ނޭކުރެންދޫ ޞިއްޙީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންއެވެ.

ނޭކުރެންދޫ ސިއްޙީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމްއެވެ. އަރިހުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙް އަދި ކައުންސިލްގެ ރައީސް ވަނީ ބައިވެރިވެފައެވެ.

ސިއްޙަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންދަނީ އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމާއި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދާދެއްވަމުންކަމަށެވެ. އެގޮތުން ހދ. އަތޮޅުގެ ސިއްހީ މަރުކަޒުތަކަކީވެސް ބޭނުންވާ ގޮތައް ހިދުމަތް ދިނުމަށް ޖާގަ ބޭނުންވާ ތަންތަންކަމަށެވެ.

ވަޒީރު ވިދާޅުވީ އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ރައްޔިތުންނަށް ފެންވަރު ރަނގަޅު ޙިދުމަތްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެގޮތުން ސަރުކާރުން މިހާރު ފައްޓާފައިވާ ސިއްހީ އެކި މަޝްރޫއުތައް ނިމިގެންދާއިރު އަތޮޅު ތެރޭގެ ސިއްހީ ނިޒާމުގައި ހުރި ގޮންޖެހުންތައް ހައްލުވެގެންދާނެކަމަށެވެ.

“ހެލްތު ދާއިރާއަކީ އަބަދުވެސް ތަރައްޤީވާނެ ދާއިރާއެއް. އިމާރާތްތައް އިތުރުކުރަންޖެހޭނެ. ބޭނުންކުރާ ބޭސް ތަފާތުވާނެ. ދިމާވާ ބަލިމަޑުކަން ތަފާތު ،ބޭނުންކުރާ މެޝިނަރީތައް ތަފާތު އޭގެ ސަބަބުން އިމާރާތްތައް ބަހައްޓަންޖެހޭ ގޮތް ތަފާތު. އެގަޑިއަކަށް ރިޔާތްކުރެވޭ އެންމެ ރަނގަޅަކަށް ހެލްތު ފެސިލިޓީގެ ކަންކަން ބިނާވެގެން ދިޔުން މީގެ ހައްލަކީ” ވަޒީރު ނާޒިމް ވިދާޅުވިއެވެ.

ސިއްޙަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވީ މިއަހަރާއި އަންނަ އަހަރުގެ ބަޖެޓާއި އެކު އަތޮޅުތެރޭގެ ސިއްހީ ނިޒާމުގެ ކަންކަން ހައްލުވެގެންދާނެއެވެ. އެގޮތުން މުހިންމު ފަރުވާތައް ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ. އެހެންކަމުން ކުރިއަތް މިސްތަގްބަލުގައި އަތޮޅުތެރޭގެ ސިއްހީ ނިޒާމު ބޮޑު ތަނުން ކުރިއަރާނެކަމަށް ވަޒީރު ނާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Saeed kulhu 1024x682

ކުޅުދުއްފުށި ވިޔަފާރި ބަނދަރު ބޮޑުކުރުމަށް އެމްޕީއެލްއަށް

kulli khabaru

ދޯންޏެއް ބަންޑުން ޖަހާލައި މީހަކު ގެއްލިއްޖެ

112

ޑރ ޕެޕާ ރާއްޖޭގައި ވިއްކުން މަނާކޮށްފި

112

ކުރީގެ ނައިބު ރައީސް އަދީބުގެ އެމްޓީޑީ އުވާލައިފި

TTH_advertisement ELL Mobile Advertisement