ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

24 ގަޑިއިރުތެރޭ ޣައްޒާއިން 75 މީހުން ޝަހީދު، ގެދޮރުދޫކޮށްދާން ދެކޮޅުހަދާ އާންމުންނަށް ދޭ ހަމަލާތައް އިތުރަށް ފުޅާކޮށްފި

އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޝަހީދުކޮށްލި މީހުންގެ އަދަދު 75 އަށް އަރައިފިއެވެ.

ޣައްޒާ ހެލްތު މިނިސްޓްރީން މިއަދު ބުނީ، ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި، އިންސާނީ އެހީ ހޯދަން ގޮސްތިއްބައި ބަޑިޖަހައި ޝަހީދުކޮށްލި 17 މީހަކުވެސް ހިމެނޭ ކަމަށެވެ.

އިސްތިއުމާރި ޓެރަރިސްޓުންގެ ހަމަލާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 370 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ޣައްޒާ ހެލްތު މިނިސްޓްރީން ބުނެއެވެ.

ޓެރަރިސްޓުން މިހާރުވެސް ގެންދަނީ މުޅި ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އެގޮތުން، މަތިންދާ ބޯޓުތަކުން ބޮންއަޅަމުން ގެންދާއިރު، ޑްރޯން ބޭނުންކޮށްގެންވެސް ބޮންއަޅައި، އަދި އާންމުންގެ ގަޔަށް ޑްރޯންއިން ބަޑިޖަހަމުން ގެންދާއިރު، އެއްގަމުމަގުން ބޮޑުބަޑީގެ ހަމަލާތައްވެސް ގެންދަނީ ދެމުންނެވެ.

މި ހަމަލާތަކުގައި ކުޑަކުދީންނާއި، އެތައް އާންމުން ޝަހީދުކުރަމުން ގެންދާއިރު، ގާޒާ ސިޓީ ހުސްކުރުމުގެ ޕްލޭންގެ ދަށުން އާންމުން ގެދޮރުން ބޭރުކޮށް ފައްސާލުމުގެ މަސައްކަތްވެސް އިތުރަށް ފުޅާކޮށްފައި ވެއެވެ.

ގެދޮރު ދޫކޮށް ދިއުމަށް ދެކޮޅު ހަދައި ގާޒާ ސިޓީގައި ތިބި އާންމުންނަށް ދޭ ހަމަލާތައްވެސް މިހާރު ފުޅާކޮށްފައި ވެއެވެ.

ގާޒާ ސިޓީގެ އަލް ކަރަމާ ސަރަހައްދަށް ވަރުގަދައަށް ބޮންއަޅަމުން ގެންދާއިރު، ގާޒާ ސިޓީގެ އަލް ސަފްތަވީ ސަރަހައްދަށްވެސް ވަރުގަދައަށް ބޮންއަޅައި އެތައް ބަޔަކު ޝަހީދުކޮށްލާފައި ވެއެވެ.

ޑްރޯން ބޭނުންކޮށްގެން ބަޑިޖަހައިވެސް އެތައް އާންމުން ޝަހީދުކޮށް އަދި ޒަޚަމްކޮށްލާފައި ވެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން މިހާރުދަނީ ޓޭންކާއި، ބުލްޑޯޒަރުތަކާއެކު އަލް ސަފްތަވީ ސަރަހައްދާ ދިމަށް ވަދެގަންނަމުންނެވެ.

މީގެއިތުރުން، ގާޒާ ސިޓީގެ ސަބްރާގައި ތިބި އާންމުންނަށްވެސް ވަރުގަދަ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ