ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

މީޑިއާ ކޮމިޝަންގެ ބިލު އިސްލާހުކުރުމަށް ވާނީ ދަންނަވާފައި: ރައީސް 

Gznt33 bwaiilrh

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮމިޝަންގެ ބިލު އިސްލާހުކޮށްދެއްވުމަށް ދަންނަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމަށްވާ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

އެ ބިލުގައި އޮންނަ ގޮތުން، ހަތް މެންބަރުންގެ ކޮމިޝަންގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ތިން މެންބަރުންނާއި މީޑިއާތަކުން ވޯޓުލައިގެން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ. ކޮމިޝަންގެ ރައީސް އައްޔަންކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ލިބެެއެވެ. ނަމަވެސް ނައިބު ރައީސް އިންތިހާބުކުރަނީ ކޮމިޝަން މެންބަރުންގެ ވޯޓަކުންނެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނޮޅިވަރަންފަރުގައި މިރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ މީޑިއާތައް ކޮންޓްރޯލުކުރުމަކީ އެ މަނިކުފާނުގެ އެއްވެސް ޝައުގުވެރިކަމެއް ހުރި ކަމެއް ނޫން ކަމަށާއި އެއީ އެއްވެސް އިރެއްގައި ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތްކުރަން ޖެހޭނީ ޒިންމާދާރުކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަށް އެކަން ކުރައްވަން ބޭނުންފުޅުނުވާތީ އެކަން އިސްލާހުކުރުމަށް ޕީއެންސީގެ މަޖިލިސް މެންބަރުންގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށާއި ކޮމިޝަންގެ ރައީސް އައްޔަންކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް އޮތުމުގެ ބަދަލުގައި ކޮމިޝަންގެ ރައީސް އިންތިހާބުކުރަންވާނީ ކޮމިޝަން މެންބަރުންގެ ވޯޓަކުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްގޮތަކަށް ވެސް މީޑިއާއަށް އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާ ބަޔަކަށް ވާން މި ސަރުކާރުން ބޭނުންނުވާ ކަމަށާއި މީޑިއާ ވާންޖެހޭނީ މިނިވަންކަމާއެކީގައި އޮޕަރޭޓުކުރާ ބަޔަކަށް ކަމަށެވެ.

ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި ތެދުބަހުން މައުލޫމާތު ފަތުރައި، ކަންކަމުގެ ދެކޮޅު ބަލައި ހަގީގަތް އޮޅުންފިލުވައިގެން ތެދު މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ޔަގީންކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް އަލީ ފަޒާދު

Mal

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 825 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި

441373 ed603bdd a

ހުޅުމީދޫ އާއި ހިތަދުއާ ގުޅުވާލާ ބްރިޖްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

Majlis

ކޮލެޖެއް ހިންގާތާ 15 އަހަރުވެފައިވާނަމަ، ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ އިސްލާހު ފާސްކޮށްފި

TTH_advertisement