ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާމެންދޫގައި ކުއްޖަކު މަރާލިކަން ދެ މީހެއްގެ މައްޗަށް ސާބިތުވެއްޖެ

112

ގއ. މާމެންދޫގައި މީގެ ފަސް އަހަރު ކުރިން އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު މަރާލިކަން ދެ މީހެއްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

ފެބްރުއަރީ, 2021 ގައި މާމެންދޫގައި ހިންގި މާރާމާރީއެއްގައި އުދައްޔު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެރަށު ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެ ރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ އިތުރުން އެރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށެވެ.

އޭގެ ތެރެއިން ކުށް ސާބިތުވީ ޝަމީމާއި މާޒިންގެ މައްޗަށެވެ. އުދައްޔު މަރާލުމުގައި ބައިވެރިވި ކަމަށް ބުނެ ޝަރަފްގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވި އެވެ. އެކަމަކު އޭނާ އެހެން މީހަކާ މެދު މާރާމާރީ ހިންގާފައިވާތީ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ނިންމައިފައެވެ.

އުދައްޔު މަރާލުމަށް ހަމަލާދީފައި ވަނީ އަހުމަދު މާއިޝް ޒަކީ ކިޔާ ކަމަށް ވިޔަސް އޭނާއަށް އެހީތެރިވުމުގައި މާޒިން އާއި ޝަމީމް ހަރަކާތްތެރިވެފައިވާ ކަމަށް ހުކުމްގައިވެއެވެ. އެހެންވެ، ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަން ސާބިތުވާ ކަމަށް ކޯޓު ނިންމިއެވެ.

ދައުވާތައް ސާބިތުވާ ކަމަށް ނިންމުމުން, ދެން އޮންނާނީ އުދައްޔުގެ ވާރިސުންގެ ބަސް ނެގުމާއި، އަދަބާ ގުޅިގެން ވާހަކަ ދެއްކުމާއި ހުކުމް ކުރުމެވެ. އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ މަހަށް ވަނީ ތާވަލްކޮށްފައެވެ.

އެ މައްސަލާގައި އުމުރުން 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވެ 25 އަހަރަށް ޖަލަށްލާން މީގެކުރިން ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ނައީމާ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ފަވާޒު ޝަރުތުތަކާއެކު ދޫކޮށްލައިފި

Mussss

މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް

Mussss

ކަތިވަޅިއަކުން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަލަށް

Mussss

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު މީހާ ބަންދުން ދޫކޮށްލައިފި