ކުއްލި ޚަބަރު

ބިދޭސީން ހިންގި ފަސް ވިޔަފާރިއެއް ބަންދުކޮށްފި

މީޑިއާތައް ބާރުވެރިކުރުވުމަށް 27.29 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފި

ގޭންގު ކުށްތަކުގެ ޤާނޫނަށް ޢަމަލުކުރަން ފަށައިފި

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި “ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު” ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިއަހަރު މެއި މަހު 15 ވަނަ ދުވަހު ބޭއްވި މި އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައެވެ. އަދި މި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މެއި މަހުގެ 25 ދުވަހުއެވެ.

ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ ގޭންގު ކުށްތައް ހިމެނޭހެން އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރެއް ދިނުމުގެ ގޮތުން އެކުލަވާލާފައިވާ ޤާނޫނެކެވެ. އަދި އެފަދަ ކުށްތަކުގައި އުޅޭ މީހުން ކުށުގެ ވެށިން ދުރުކޮށް، މުޖުތަމައަށް ރުޖޫޢަވުމަށް ފިޔަވަޅުތައް އެޅުމާއި އެފަދަ ފަރާތްތައް އުޅޭ ނޫޅޭގޮތް މޮނިޓަރކޮށް ފިޔަވަޅުއެޅުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ މަޤްޞަދެކެވެ.

އަލަށް އެކުލަވާލި މި ޤާނޫނުގައިވާގޮތުން، އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުން ކުށަކަށްވާނެއެވެ. އެފަދަ ގްރޫޕެއް އުފައްދައިފިނަމަ ނުވަތަ ހިންގައިފިނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ކުށެއް ކުރަން އުޅެފިނަމަ ނުވަތަ އެހީތެރިވެއްޖެނަމަ 18 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުމަކީވެސް މި ޤާނޫނުގެ ދަށުން ކުށެކެވެ. އެ ކުށަށް އަރައިގެންފި މީހަކު، އެ ކުށުގެ ސަބަބުން ކުޑަކުއްޖަކު ޝިކާރައަކަށްވެއްޖެނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ކުޑަކުއްޖަކު ނޫން މީހަކު ރެކްރޫޓް ކުރަން އުޅެފިނަމަ އަދަބަކީ 20 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއާ 7 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މީގެ އިތުރުން ރެކްރޫޓް ކުރުމުގައި ގްރޫޕުތަކަށް އެހީވާ ފަރާތްތަކާއި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ބައިވެރިވާ ފަރާތްތަކާއި ކުށް ކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރުމާއި ހެކިބަސްދޭ ފަރާތްތަކަށް ބިރުދައްކާ ފަރާތްތަކަށްވެސް ޖަލު ހުކުމާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ. އިންތިޒާމުވެފައިވާ ކުށެއް ކުރުމުގައި ޤާނޫނީ ޝަހުސެއް ނުވަތަ އެ ޝަހުސެއްގެ މަސްއޫލުވެރި ފަރާތެއް ބައިވެރިވެއްޖެނަމަ އެ ޝަހުސެއް އުވާލުމާއެކު އެކުށެއް ކުރި މީހަކު 100،000 ރުފިޔާއާއި 100 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުކުރެވޭނެއެވެ.

މި ގާނޫނާއި ގުޅޭގޮތުން ޕީޖީ ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނާއެކު ގެނެވޭ ބަދަލުތަކުން އިންސާފު ޤާއިމުކުރުމުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ. އެ ގޮތުން މީގެ ކުރިން ކިތަންމެ ބޮޑު ކުށެއް ކުރި ނަމަވެސް، އަދަބު ދެގުނަ ލުއިކޮށްދެވި، ބައެއް މީހުންނަށް ރައީސުލްޖުމްހޫރިއްޔާ މަޢާފުކޮށްދިނުމުގެ ފުރުޞަތު އޮތްނަމަވެސް، އައު ޤާނޫނާއެކު ބޮޑެތި ކުށްތައްކުރުމުން އެ ދޮރުތައް ބަންދުވާނެކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި ބޮޑެތި ކުށްކުށަށް އެއްވެސް ވަރަކަށް ލުއި ނުދެވޭނެކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

ގޭންގުތައް ހުއްޓުވުމުގެ ޤާނޫނުގައި ނުޙައްގުން ހޯދާފައިވާ މުއްސަނދިކަން ދައުލަތަށް ނެގުމުގެ މަގުފަހިވެގެންދާނެއެވެ. މިގޮތަށް ނަގާ މުދާ ބެލެހެއްޓުމާއި އެ މުދަލާމެދު ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މާލިއްޔަތާ ބެހޭ ވުޒާރާއިންކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PG Office

އަމީން ސަލާމަތްވުމުން މައްސަލަ ހައިކޯޓަށް

Police vcle

ކުށްކުރާ ގްރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށް ޕީޖީއަށް ފޮނުވައިފި

hulhumale

ހުޅުމާލޭގައި 13 އަހަރުގެ ކުއްޖެއް މަރާލި ދައުވާލިބުނު ކުއްޖާއަށް 12 އަހަރުގެ ޖަލު ހުކުމް

893

ސިނގިރޭޓް ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން 10 މީހަކަށް ދައުވާކޮށްފި

TTH_advertisement