ކުއްލި ޚަބަރު

ގޭންގު ކުށްތަކުގެ ޤާނޫނަށް ޢަމަލުކުރަން ފަށައިފި

ސައްހަ ނޫން އަކެޑެމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅުން އިތުރުވެއްޖެ

 ބީއެމްއެލް އިން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހަފްތާ ތެރޭގައި އޭޓީއެމް ޚިދުމަތް ގާއިމުކުރަނީ

ހދ ގެ 13 ރަށަށް ކުރައްވާ ދަތުރުފުޅެއް ރައީސް ފައްޓަވައިފި

Img 20250824 170939 478

ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ފައްޓަވައިފި އެވެ.

ރައީސް މި ދަތުރުފުޅު ފެއްޓެވީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ތިލަދުންމަތީ އުތުރުބުރީ އުތީމަށް ވަޑައިގެންނެވުމަށް ފަހު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހދ ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށާ އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަށް އެ މަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. އެ ގޮތުން ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮލިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުޅުދުއްފުށި، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި މަކުނުދޫ އަށް ޒިޔާރަތް ކުރައްވާނެ އެވެ.

‎މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށާ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓޫރިޒަމް ނެތުމުގެ ލޭބަލް ހދ. އަތޮޅުން ނައްތާލާނަން: ރައީސް

ގޭންގު ކުށްތަކުގެ ޤާނޫނަށް ޢަމަލުކުރަން ފަށައިފި

Main 20250825 095941

ނާވައިދޫގައި އޭ.ޓީ.އެމް. ގެ ޚިދުމަތް ފަށައިފި

ހަނިމާދޫގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފަށައިފި

TTH_advertisement ELL Mobile Advertisement