ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުހުންގެ ހުވާ ނުކުރާކަމަށް ބުނެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާ އަލުން ހައްޔަރުކޮށްފި

112

ހައިކޯޓުގެ ޝަރީއަތުގައި، ފުލުހުންގެ ހުވާ ނުކުރާކަމަށް ބުނެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާ އަލުން ހައްޔަރުކޮށްފިއެވެ.

ގދ. ތިނަދުއަށް ނިސްބަތްވާ މުހައްމަދު ސާޖިދު ފުރަތަމަ ހައްޔަރުކުރީ އީ-ސިނގިރޭޓު ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރި ވަގުތު، މަސްތުވާތަކެތި ފެނުނު މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 11ވަނަ ދުވަހުއެވެ.

އޭނާ ދިރިއުޅޭ ގެއާއި ސައިކަލު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ދުންފަތާއި ނެނޯސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 191.92 ގުރާމްގެ ތަކެތި ފެނިފައިވެއެވެ.

އެކަމަކު އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލިއެވެ. އޭނާ ދޫކޮށްލުމުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއެވެ. ހައިކޯޓުން ނިންމީ އޭނާގެ ބަންދާ މެދު ނިންމި ނިންމުން ގޯސް ކަމަށެވެ. އަދި އަލުން ބަންދާ މެދު ގޮތެއް ނިންމަން އަމުރުކޮށްފައިވެއެވެ.

ހައިކޯޓުގެ އަމުރާއެއްގޮތަށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހުށަހެޅުމުން 20 ދުވަހަށް އޭނާ ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.

ތިނަދޫގައި ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓެބަލެއްގެ ގޮތުގައި މަސައްކަތްކުރި ސާޖިދު ވަނީ އެ މައްސަލައިގައި ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ހުޅުމާލެ ހައިވޭ އިން ދުއްވާފައިދިޔަ އެމްއޭސީއެލްގެ ޕިކަޕެއް ފުރޮޅާލައިފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ