ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރިކާޑީނިއޯ، އެޗްޑީސީއަށް

B 202508230407461755947266.2305

ދުނިޔޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ހަފަހަރު ހޯދާފައިވާ، ލެޖެންޑަރީ ފުޓްސަލް ކުޅުންތެރިޔާ، ޕޯޗުގަލްގެ ރިކާޑީނިއޯ ކުރިއަށް އޮތް ކްލަބް މޯލްޑިވްސް ކަޕް 2025 ގައި ކްލަބް އެޗްޑީސީއަށް ކުޅެން އެޓީމާ ގުޅިއްޖެއެވެ.

ރިކާޑީނިއޯ، 39، އެޗްޑީސީއާ ގުޅުނުކަން އެ ކްލަބުން މިއަދު އިއުލާނު ކޮށްފައިވާ އިރު، މިއީ ރާއްޖޭގެ ފުޓްސަލް ތާރީހުގައިވެސް އެ ލެވެލްގެ ކުޅުންތެރިޔަކު ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. 2005 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ ކްލަބު މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ޒަމާންވީ ފުޓްސަލް މުބާރާތެވެ.
ރިކާޑީނިއޯ މުބާރާތުން ފެނިގެން ދިޔުން ވެގެންދާނީ އެ މުބާރާތަށް ލިބޭ ޝަރަފަކަށެވެ.

ޕޯޗުގަލް ގައުމީ ޓީމާއެކު 2021 ވަނަ އަހަރު ފުޓްސަލް ވޯލްޑް ކަޕާއި 2018 ވަނަ އަހަރު ޔޫއެފާ ފުޓްސަލް ޗެމްޕިއަންޝިޕް ހޯދާފައިވާ ރިކާޑީނިއޯ ދުނިޔޭގެ އެއްވަނަ ހޯދީ، 2010، 2014، 2015، 2016 ވަނަ އަހަރާއި 2017 އަދި 2018 ވަނަ އަހަރުއެވެ. އޭގެ އިތުރުން އޭނާ ވަނީ ޕޯޗުގަލްގެ އެންމެ މަތީ ފަންތީގެ ފުޓްސަލް ކްލަބުތަކަށާއި، ރަޝިއާއާއި ސްޕެއިންގެ ކްލަބުތަކަށްވެސް ކުޅެފައެވެ.

ރިކާޑީނިއޯއަކީ ޕޯޗުގަލްއިން ފުޓްސަލް ވޯލްޑް ކަޕް ހޯދި އިރު، އެފަހަރު އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ.

ކްލަބް މޯލްޑިވްސް ކަޕް، މިހާރު އޮތްގޮތުން ފަށާނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި