ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ސަރަހައްދުގެ ބިން ހިއްކުން ހަލުވިކުރަން އިތުރު ޑްރެޖަރުތައް ގެންނަނީ

112

މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރަން އިތުރު ޑްރެޖަރުތައް ގެންނަން އެޗްޑީސީން ނިންމައިފިއެވެ.

އެ ކުންފުނިން މިއަދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިއްމު ރިޔާސީ އެއް ވައުދު ކަމަށްވާ، ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދޭން، މާލެ ސަރަހައްދުގައި ހުޅުމާލެ 3 އާއި ގުޅިފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ތަންތަން ހިއްކުމުގެ ދުވެލި ހަލުވި ކުރުމަށްޓަކައި އަންނަ އޮކްޓޯބަރު މަހު 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖަރާއި 11،000 ޓަނުގެ ހޮޕާ ޑްރެޖަރެއް ގެންނަން ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ބިން ހިއްކުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ވީހާ ވެސް ހަލުވިކަމާ އެކު ކުރިއަށް ގެންދިޔުމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާ އެކު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މޫސަ
ބިންވެރިޔާ" ސްކީމްގެ ދެވަނަ ފިޔަވަހި" ގޯތިތައް ދިނުން އަވަސް ކޮއްދެއްވާ
މ މޫސަ
ބިންވެރިޔާ" ސްކީމްގެ ދެވަނަ ފިޔަވަހި" ގޯތިތައް ދިނުން އަވަސް ކޮއްދެއްވާ

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި