ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނެސްފި

mudalu zakaai

މުދަލު ޒަކާތުގެ ނިސާބަށް ޖެހޭ މިންވަރު މޯލްޑިވްސް ޒަކާތު ހައުސް އިން ބޮޑުކޮށްފިއެވެ.

ކުރި އިއުލާނެއްގައި ޒަކާތު ހައުސް އިން ބުނެފައި ވަނީ، މިއަދުން ފެށިގެން މުދަލުޒަކާތް ވާޖިބުވާ ނިސާބަކީ 11،191.95 (އެގާރަހާސް އެއްސަތޭކަ ނުވަދިހަ އެއް ރުފިޔާ ނުވަދިހަ ފަސް ލާރި) ކަމަށް ހަމަޖައްސާފައިވާކަމަށެވެ.

މި އަދަދު ކަނޑައަޅާފައިވާއިރު އެންމެފަހުން ނިސާބަށް ބަދަލު ގެނެސްފައިވަނީ މި އަހަރުގެ އޭޕްރީލް 22 ގައެވެ. އެ ދުވަހު ކަނޑައެޅީ ނިސާބަކީ، 9264.15 (ނުވަހާސް ދުއިސައްތަ ފަސްދޮޅަސް ހަތަރު ރުފިޔާ ފަނަރަ ލާރި) ކަމަށެވެ.

މުދަލު ޒަކާތުގެ ނިސާބަށް ބަދަލެއް ގެންނަނަމަ އެ ބަދަލެއް ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. އެހެންކަމުން ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.

މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވެފައިވާކަން އިސްލާމިކް މިނިސްޓްރީއިން ފާހަގަކުރެއެވެ.

މުދަލު ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ކިފާޔަތުގެ ފަރުޟެކެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެއެވެ. ޕަސެންޓުގެ ގޮތުން ނަމަ އެއީ 2.5 ޕަސެންޓެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ރާއްޖެއަށް ހަ ކިލޯގެ ޑްރަގް އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

Oo

ބޮޑު ކަންނެލި މަސްވެރިންނަށް ތެލުން ސަބްސިޑީ ދޭން ނިންމައިފި

Oo

އާ ޝިޕްމަންޓެއް ލިބި، ގޭސް ލިބުމުގައި ދިމާވި ދަތިތައް ހައްލުވެއްޖެ: އެސްޓީއޯ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފްލެޓަށް އެޕްރީލް 1ގައި ހުޅުވާލަނީ