ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

6 ރަށެއްގެ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތްތަކުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާ ޢިމާރާތުގެ ޑިޒައިން މަސައްކަތާއި، 6 ރަށެއްގެ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތްތަކުގެ މަސައްކަތްކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. މިމަސައްކަތް ހަވާކުކޮށްފައިވަނީ އެމްޓީސީސީއާއި އާރްޑީސީއިންނެވެ.

އަތޮޅުތަކުގެ ރަށްތަކުގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ރަށްރަށުގެ ސިއްޙީ މަރުކަޒުތައް އިތުރަށް ތަރައްޤީކުރުމާއި، ވަޞީލަތް ހަމަކުރުމުގެ އިތުރުން އައު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. ސިއްޙީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާ ޢިމާރާތުގެ ޑިޒައިން މަސައްކަތް ބަޔަކާއި ހަވާލުކޮށްފައެވެ. އިންޖިނިއަރިންގ ކޮމްޕެނީއާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 3 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް އެކުންފުންޏާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 9 ލައްކައަށްވުރެ ގިނަ ރުފިޔާއަށެވެ.

މިރަސްމިއްޔާތުގައިވަނީ އެހެން 6 ރަށެއްގެ ސިއްޙީ މަރުކަޒުތައް އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ އައު ޢިމާރާތްތަކުގެ މަސައްކަތްވެސްވަނީ ހަވާލުކޮށްފައެވެ. މިގޮތުން ހއ. މާރަންދޫއާއި ހއ. ބާރަށުގެ ސިއްޙީ މަރުކަޒުގައި އަލަށް ހަދާ ޢިމާރާތްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްޑީސީއާއެވެ. މާރަންދޫ އަދި ބާރަށުގެ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންމެ މަޝްރޫޢަކަށް 11.5 މިލިއަން ރުފިޔާއަށް އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މިމަޝްރޫޢުގެ ދަށުން ކ. ހުރާ، ކ. ކާށިދޫ، އދ. ދިއްދޫ އަދި ވ. ފުލިދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިގޮތުން އަހަރެއްގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ 27 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. އަދި ދިއްދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 9 މަސްތެރޭގައި ނިންމާގޮތަށް 12 މިލިއަން ރުފިޔާއަށެވެ. ކާށިދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް 7.1 މިލިއަނަށް 7 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މީގެއިތުރުން ވ. ފުލިދޫގައި އައު ސިއްޙީ މަރުކަޒެއް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ 27 މިލިއަނަށް އަހަރެއްގެ ތެރޭގައި ނިންމާގޮތަށެވެ.

އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ސިއްޙީ ފަރުވާއަށް މާލެއަށް ބަރޯސާވުން ކުޑަކުރުމަށް ކުރަންޖެހޭ މުހިއްމުކަމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. ސިއްޙީ މަރުކަޒުތައް ތަރައްޤީވެ އިތުރު ސަރަހައްދީ ފެންވަރުގެ ހޮސްޕިޓަލުތައް ތަރައްޤީވެގެންދިޔުމަކީ މުޅި ރާއްޖޭގެ ސިއްޙީ ނިޒާމަށް އަންނާނެ ބޮޑު ކުރިއެރުމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަށް ރަށެއްގައި ކުޅިވަރު ދާއިރާގެ އެކި މަޝްރޫޢުތައް ފެށުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ކާށިދޫ މަގުހެދުން އާރްޑީސީއާ ހަވާލުކޮށް، ކާށިދޫގައި ފުޑް ސެކިއުރިޓީ މަޝްރޫއެއް ހިންގަނީ

Matheen Mwsc

ކުޅުދުއްފުށީ ފެން އިއާދަކުރަނިވި ހަކަތައަށް ބަދަލުކޮށް 2026ގެ ފުރަތަމަ ކުއާޓާގައި ނިންމާލުމަކީ އަމާޒެއް: މަތީން

ދިއްދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

TTH_advertisement