ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުއްދާނަން: ރައީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަކީ އެމަނިކުފާނުގެ އަމާނާތެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެއްޖެއެވެ. އަދި ރައްޔިތުންނަށް ނަތީޖާ ހާސިލުކޮށްދިނުން ފިޔަވައި އިތުރު ޝައުޤުވެރޤުވެރިކަމެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ.

އއ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި މަތިވެރި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މި ދައުރުގެ ތެރޭގައި އެއްވެސް ވަޢުދެއް ދޫކޮށްނުލައްވައި ހުރިހާ ވަޢުދެއް ފުއްދަވައިދެއްވާނެ ކަމަށެވެ.

“ރައްޔިތުންނަށް ވެފައިވާ ކޮންމެ ވަޢުދަކީ އަޅުގަނޑުގެ ޒިންމާއެއް އަދި މަސްއޫލިއްޔަތެކެވެ. އަޅުގަނޑު ވާ ކޮންމެ ވަޢުދަކީ އަމާނާތެކެވެ. ރައްޔިތުންނަށްޓަކައި އަޅުގަނޑު ދަންނަވާ ކޮންމެ ކަމަކީ އަޅުގަނޑު ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. އެގޮތުން ރިޔާސީ އިންތިޚާބުގައި އަދި އޭގެ ފަހުން ވެސް އަޅުގަނޑު ވަޢުދުވެފައިވަނީ އެ ނިޔަތުގައެވެ،” ރައީސް

“ހުރިހާ ރަށެއްގައި ވެސް އަޅުގަނޑު ވަޢުދުވެފައިވަނީ އެ ބޭނުމުގައި، އެ ނިޔަތުގައި، އެ ޢަޒުމުގައެވެ. އެގޮތަށް މުޅި ސަރުކާރު މަސައްކަތްކުރަމުން މިދަނީ. ހުރިހާ ވުޒާރާތަކާއި، ހުރިހާ ކުންފުނިތަކާއި، ހުރިހާ ފަރާތްތަކާއި، ރަށްރަށުގައި މަސައްކަތްކުރާ ފަރާތްތަކާއި، އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރުން ވެސް ގުޅިގެން މި ކުރަނީ ވަޢުދު ފުއްދުމުގެ މަސައްކަތެވެ.”

ރައީސް ޑރ. މުޢިއްޒިއްޒު ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މަޝްރޫޢުތައް ފެށިފައިވާ އިރު، ބައެއް މަޝްރޫޢުތައް ނިމެމުންދާ ކަމަށެވެ.

“އަޅުގަނޑުމެން ވަޢުދުތަކުގެ ލިސްޓު ނަގައިގެން ވަޢުދު ފުއްދުމުގެ މަސައްކަތް މި ކުރަނީއެވެ. އިރާދަކުރެއްވިއްޔާ އެއްވެސް ޝައްކެއްނެތި އަޅުގަނޑު ވެފައިވާ ހުރިހާ ވަޢުދެއް މި ދައުރުގެ ތެރޭގައި ފުއްދައި ނިންމާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތެވެ،” ރައީސް ޑރ. މުޢިއްޒު

“އެއީ އަޅުގަނޑުމެންގެ އަމާޒަކީ. އަޅުގަނޑު ވެފައިވާ ކޮންމެ ވަޢުދަކީ ވަރަށް ސީރިއަސްކަމާއެކު ވެފައިވާ ވަޢުދެކެވެ. އަޅުގަނޑު އަބަދުވެސް ދަންނަވާ ފަދައިން، މި ސަރުކާރުން މަސައްކަތްކުރާނީ ވަރަށް ސީރިއަސްކޮށް، ވަރަށް އިޚްލާޞްތެރިކަމާއެކު ހެޔޮ ނިޔަތުގައެވެ.”

ރައީސް އިތުރަށް ވިދާޅރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުން ފިޔަވައި އިތުރު ކަމެއް ސަރުކާރުގައި ކުރަން ނޯންނާނެ ކަމަށެވެ. އަދި ނަތީޖާ ނެރެދިނުން ނޫން އެއްވެސް ކަމަކަށް ޝައުޤުވެރިކަމެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“އެހެންކަމުން، އަޅުގަނޑުމެން ރައްޔިތުންނާ މިހާ ގާތުން ބައްދަލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، އެ ކަންކަން ސީދާ އެގޮތަށް ޙައްލުކޮށްދެވޭތޯ މަސައްކަތްކުރަނީއެވެ. އަޅުގަނޑުމެން މިގޮތަށް ރައްޔިތުންނާ ގާތުން ބައްދަލުކުރުމަކީ ވަރަށް ތަފާތު ކަމެކެވެ. ރައްޔިތުން ބޭނުންވާ ކަންކަން ސީދާ އެ ބޭނުންވާ ގޮތަށް ކޮށްދެވޭނެކަމުގެ ޔަޤީންކަން ވަރަށް ރަނގަޅަށް ލިބެއެވެ. އަދި ކަންކަން އަވަސްވެސް ވެއެވެ،” ރައީސް

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، ރަށްރަށުގައި ހުރި މުއައްސަސާތަކާ ވަކިވަކިން ބައްން ބައްދަލުކޮށް 10 ނުވަތަ 12 ބައްދަލުވުން ބޭއްވުމުގެ ބަދަލުގައި ރަށްރަށަށް ޒިޔާރަތްކޮށް އެއް ބައްދަލުވުމަކުން ހުރިހާ ކަމެއް ޙާޞިލްވަމުންދާ ކަމަށެވެ. މީގެކުރިން ނަމަ، އެތައް ސިޓީއެއް ފޮނުވައި މުއައްސަސާތަކާއި ކައުންސިލްތައް މާލެ ގޮސް ބައްދަލުވުންތައް ބޭއްވުމުން، ކަންކަން ނުވެ އެތައް ދުވަހެއް ހޭދަވެފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

“ރަށްރަށަށް ޒިޔާރަތްކުރުމުން، ވަރަށް ގިނަ ކަންކަން ރައްޔިތުން ބޭނުންވާ ގޮތަށް ޙާޞިލްވަމުން މިދަނީއެވެ. އެހެންކަމުން އެގޮތަށް މަސައްކަތް މި ކުރަނީއެވެ. ރައްޔިތުންނާ ގާތުން، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ޙާޞިލްކޮށްދިނުމަށް، އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ވެސް އެ މަސައްކަތްތައް ކުރިއަށް ގެންދާނަމެވެ.” ރައީސް

ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. އަދި ރައްޔިތުންގެ ބޭނުންތަކަށް އަވަސް އަދި ހަރުދަނާ ޙައްލުތައް ހޯދައިދިނުމަށް ސަރުކާރުން ގާތުން މަސައްކަތްކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ

raees muiz

މައިންނަށް ޚާއްޞަ ހުސް ވަގުތުތަކެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް