ކުއްލި ޚަބަރު

މިއަދާއި މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް

އަތޮޅު ކައުންސިލްތައް އުވާލައި، ޤާނޫނަށް އިތުރު އިސްލާހުތައް ގެންނަނީ

ގަވައިދާ ހިލާފަށް އުޅުނު 11 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

އަތޮޅު ކައުންސިލްތައް އުވާލައި، ޤާނޫނަށް އިތުރު އިސްލާހުތައް ގެންނަނީ

ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް މެދުކަނޑާލުމަށްފަހު އާ ދައުރެއްގެ މަސައްކަތް ފެށުމުން، އަތޮޅު ކައުންސިލްތައް އުވާލަން ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހު ހުށަހަޅައި، ލާމަރުކަޒީ ޤާނޫނަށް ގެންނަންޖެހޭ އިތުރު އިޞްލާހުތައް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކަށް ސަރުކާރުން ގެންނަން ބޭނުންފުޅުވާ ބަދަލުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދެއްކެވީ، އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އއ. މަތިވެރިއަށް ވަޑައިގެން ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަޖިލިސް ހުޅުވުމުން ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހު ގެނެސް އަތޮޅު ކައުންސިލްތައް އުވާލުމުގެ މަސައްކަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ގެންނަންޖެހޭ އިސްލާހުވެސް ޤާނޫނަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަތޮޅު ކައުންސިލްތަކުގެ ބޭނުމެއް ނެތްކަމަށާއި، އެކަމަށް ހުރިހާ ރަށު ކައުންސިލްތައް އެއްބަސްވާނެކަމަށެވެ.

“ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު އަތޮޅު ކައުންސިލެއް ހޮވާކަށް ވޯޓެއް ލާކަށް ނުޖެހޭނެ. އެ ފަށަލަ ދުއްވާލީމާ އިތުރަށް ރައްޔިތުން ބާރުވެރިވަނީ. ކޮންމެ ރަށެއްގެ ރަށު ކައުންސިލް ސީދާ ދެން މަސައްކަތްކުރާނީ ކަމާބެހޭ ވުޒާރާތަކާ ކުންފުނިތަކާ ޑައިރެކްޓްލީ” – ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ނިޒާމް އޮތީ މާ ހަރަދުބޮޑު އެއްވެސް މާނައެއް ނެތް ގޮތަށް ކަމަށެވެ. ބަދަލުތައް ގެނައުމުން ފައިދާވާނީ ސީދާ ރައްޔިތުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“މީގެ ބޭނުމަކީ ރާއްޖޭގެ މިހާރު މިއޮތް ބަރުހެލި ނިޒާމަށް އިސްލާހުތަކެއް ގެނައުން. ރައްޔިތުންނަށް ބޭނުންވާ ފެންވަރަށް ބޭނުންވާ ގޮތަށް މި ނިޒާމު ބައްޓަންކުރަނީ. ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ނަތީޖާ ނެރެވޭގޮތަށް، ރައްޔިތުން ބޭނުންވާ ގޮތަށް އިސްލާހު ގެންނަންވެގެން މި ބަދަލުތައް ގެންނަނީ. އޭރުން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ވާނީ ފަސޭހަ. ރައްޔިތުންނަށް ލިބޭނީ ކުރިއެރުން” – ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ކައުންސިލްތަކަށް ގެންނަ އިސްލާހާއެކު، ދެހާހުން މަތީގެ އާބާދީގެ ކޮންމެ ރަށެއްގައި ފަސް ކައުންސިލަރުން އަދި ދެހާހުން ދަށުގެ އާބާދީގައި ތިބޭނީ ތިން ކައުންސިލަރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކައުންސިލްތަކުގެ އަދަދު މަދުވިޔަސް ސިޓީ ކައުންސިލްތަކަށް އަންނާނީ މަދު ބަދަލުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކައުންސިލްތަކަށް ބަދަލު ގެންނައިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވެސް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ. އެގޮތުން، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ ފުލްޓައިމް މުވައްޒަފަކަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ކޮމިޓީގެ ރައީސާ ހޮވާނީ ރަށު ކައުންސިލްގެ ރައީސް ހޮވާގޮތަށް އެރަށެއްގެ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ފުލްޓައިމް މުވައްޒަފަކަށް ހަދަނީ އަންހެނުން ބާރުވެރިކުރުވަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކައުންސިލްތަކުގެ އިޞްލާހުގެ އިތުރުން، މަޖިލިސް ހުޅުވުމުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމުގެ އިސްލާހުވެސް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެކަމުގައި ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، ގޮތް ނިންމާނީ ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“އެއްވެސް ވަރަކަށް މި ސަރުކާރަކުން ކައުންސިލަކުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަކަށް ހުރަހެއް ނާޅާނަން. ދެފުށް ފެންނަ ނިޒާމު ގާއިމުކުރަނީ ޒިންމާދާރުކޮށް ޗެކް އެންޑް ބެލެންސް އެކައުންޓަބިލިޓީ އެކަނި. ގުޑް ގަވަނެސް އެކަނި އެޗީވްކުރަން ބޭނުންވަނީ” – ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ސަރުކާރުން މަސައްކަތްކުރާނީ އިހްލާސްތެރިކަމާއެކު ރައްޔިތުންގެ ފަޅީގައި އޮތް ރައްޔިތުންނާއެކު ކަމަށެވެ. އިސްލާހުތައް ގެންނަނީ ދެފުށްފެންނަ ގޮތަށް ކަންކަން ބަލައި، އިތުރަށް ޒިންމާދާރުކުރުވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލައިފި

ޒަކާތާގުޅޭ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތޮއްޑޫގައި ފަށައިފި

ތޮއްޑޫ ކައުންސިލް އައު އިމާރާތުގެ ބިންގާ އަޅައިފި

ELL Mobile Advertisement TTH_advertisement