ކުއްލި ޚަބަރު

ގަވައިދާ ހިލާފަށް އުޅުނު 11 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

މާފަރު ފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅަން ނިންމައިފި

އއ. މާޅޮހުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން މޯލްޑިވްސް ހާފް މެރަތަނުގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެއްޖެ

Maldiveshalfmarathon

ރާއްޖޭގެ އެންމެ ފުރިހަމަ ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކުގެ ތެރެއިން އެއް މަރުކަޒު ކަމަށްވާ ޓްރީ ޓޮޕް ހޮސްޕިޓަލުން މޯލްޑިވްސް ހާފް މެރަތަނުގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެއްޖެއެވެ.

މިމަހުގެ 15 ވަނަ ދުވަހު ބޭއްވި މޯލްޑިވްސް ހާފް މެރަތަނުގައި ހިމެނުނީ 21.1 ކިލޯމީޓަރުގެ ހާފް މެރަތަން، 15 ކިލޯމީޓަރުގެ އެންޑިއުރަންސް ޗެލެންޖް، 10 ކިލޯމީޓަރުގެ ޓަފް ރޭސް އަދި އާއިލާތަކަށް އަމާޒުކޮށްގެން ބޭއްވި ފަސް ކިލޯމީޓަރުގެ ފަން ރަންއެވެ. އެ ހުރިހާ ކެޓަގަރީއެއްގައިވެސް ބައިވެރިންނަށް ފުރިހަމަ މެޑިކަލް ކަވަރޭޖް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ފޯރުކޮށްދީފައެވެ.

އެ އިވެންޓުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދިން ހިދުމަތްތައް

  • ހިލޭ އަސާސީ ސިއްހީ ޗެކަޕްތައް: ރަނިން އެކްސްޕޯގައި ޓްރީ ޓޮޕްގެ ބޫތަށް ޒިޔާރަތްކުރި ބައިވެރިންނަށް ހިލޭ އަސާސީ ސިއްހީ ޗެކަޕްތައް ފޯރުކޮށްދިނެވެ.
  • ޕެނަލް މަޝްވަރާތައް: ޑރ. އިބްރާހިމް އިޔާޒް އަދި މިސް ރީބާ ޕެނަލް މަޝްވަރާތަކުގައި ބައިވެރިވެ، ސިއްހަތަށް ފައިދާހުރި ދިރިއުޅުމާއި މަގުމަތީގެ ސަލާމަތާ ބެހޭގޮތުން އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު މައުލޫމާތު ހިއްސާކުރެއްވިއެވެ.
  • ސިއްހީ ލަފާ: މޯލްޑިވްސް ހާފް މެރަތަން ޓީމާ ގުޅިގެން، ފައިނަލް އިވެންޓަށް ބައިވެރިން އެކަށީގެންވާ ގޮތެއްގައި ތައްޔާރުވުމަށް އެހީތެރިވުމަށް ރާވައިގެން ދުވުންތެރިންނަށް އަމާޒުކޮށްގެން ސިއްހީ ލަފާ ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދިންދުވުމުގެ އިވެންޓް ދުވަހުއެވެ.
  • މެޑިކަލް ހިދުމަތްތައް: ޓްރީ ޓޮޕް ހޮސްޕިޓަލުން އިވެންޓުގެ މުޅި މުއްދަތުގައި ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މައިދާނީ މެޑިކަލް އެހީތެރިކަން ފޯރުކޮށްދިނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިފަދަ އިވެންޓެއްގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، ކުޅިވަރުގެ ދާއިރާގައި ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމުގެ މުހިންމުކަން ފާހަގަކުރުމެވެ. އަދި މިއީ ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މިއަހަރުގެ މޯލްޑިވްސް ހާފް މެރަތަނަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެތުލެޓިކްސް އިވެންޓުތަކުގެ ތެރެއިން އެއް އިވެންޓް ކަމަށްވުމާއެކު، އެ އިވެންޓުގައި ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވުމަށް ހުޅުވާލިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

އިތުރު މައުލޫމާތު ހޯދުމަށް 3351630 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dsc 8450

މަތިވެރީގެ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އެމްއޭސީއެލްއަށް  

Dsc 2553

ކަސާ މިއާ، މަތިވެރި ކައުންސިލާ ހަވާލުކޮށްފި 

Web banner slide news (1)

ޓްރީ ޓޮޕް ހޮސްޕިޓަލުން މޯލްޑިވްސް ހާފް މެރަތަނުގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެއްޖެ

112

ގަވައިދާ ހިލާފަށް އުޅުނު 11 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

TTH_advertisement ELL Mobile Advertisement