ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަވައިދާ ހިލާފަށް އުޅުނު 11 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

112

ހުޅުމާލޭގައި ބިދޭސީން އުޅޭ ތަންތަން ބަލައި ފާސްކޮށް ގަވައިދާ ހިލާފަށް އުޅޭ 11 ބިދޭސީއަކު އިމިގުރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަނުން ބުނީ، އިއްޔެ ޓާސްކް ފޯސްއިން ކުރިއަށް ގެންދިއަ ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި ހުޅުމާލޭގައި ބިދޭސީން އުޅޭތަންތަން ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ 11 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ސައްހަ ލިޔުންތައް ނެތި ގަވާއިދާ ހިލާފަށް ދިރިއުޅެމުން ދިޔަ ބިދޭސީން، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

އިމިގްރޭޝަނުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އޮޕްރޭޝަންތައް ހިންގަމުންނެވެ. މިފަދަ އޮޕަރޭޝަންތަކުގައި އެތަކެއް ބިދޭސީންނެއް މިހާތަނަށް އަތުލައިގަނެވިފައިވާއިރު ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރަން އިމިގްރޭޝަނުން ކުރަމުންދާ އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށް އެ އިދާރާ އިން ހާމަކުރެއެވެ.

ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އަންނަނީ ހިންގަމުންނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އަތޮޅުތެރޭގައި ވެސް އޮޕަރޭޝަންތައް ހިންގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

މި ރޯދަ މަހުގެ ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

ޤަވާއިދާ ޚިލާފަށް އުޅުނު 2 ބިދޭސީއަކު އިމިގްރޭޝަންގެ ދަށަށް ގެންގޮސްފި

tourists

ދަތުރުކުރުމުގައި ދަތިވެފައިވާ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްފި

immigration

ރަމަޟާން މަހުވެސް އިމިގްރޭޝަނުގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދޭނެ