މާޅޮހު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިހާރު އއ އަތޮޅަށް ރައީސުލްޖުމުހޫރިއްޔާ ފައްޓަވާފައިވާ ދަތުރުފުޅުގައި، އެމަނިކުފާނު އއ މާޅޮހު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖައްސާގައެވެ.
މި ޖަލްސާގައި އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑޮކްޓަރ އަބުދުﷲ މުއްތަލިބުއެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ނަޠީމް އެވެ.
މާޅޮހު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ރަށުގެ މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ރަށުގެ ލޯކަލް ޓޫރިޒަމްގެ ކުރިއެރުމާއި ތަރައްޤީގެ ބޭނުންތަކަށް ބައްލަވައިގެން ކަމަށާއި އަދި، ރައްޔިތުން އެދިވަޑައިގަންނަވާގޮތަކަށް މަޝްރޫޢު ނިންމަވައިދެއްވާނެ ކަމަށެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލްގެ ދަށުން ކުރިއަށް ގެންދާ މި މަޝްރުޢުގެ އަގަކީ 53829771.26 ރުފިޔާއެވެ. މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 730 ދުވަހުގައި ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު