ކުއްލި ޚަބަރު

މޮރިޝަސްއިން ރާއްޖެއާ އެކު އޮތް ޚާރިޖީ ގުޅުންތައް ކަނޑާލައިފި

ސިނަމާލޭ ބްރިޖުގައި ޕިކަޕެއް ފުރޮޅާލައި ގެއްލުންތަކެއް ވެއްޖެ

ހުޅަނގު އައްސޭރީގެ ބިންތައް ޔަހޫދީންގެ މުދަލަށް ހެދުން ބަލައި ނުގަންނަން: ޑރ. ޚަލީލް

އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

މިި އަހަރުގެ މެއި ޖޫންގައި ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ. މި އަހަރުގެ އޯލެވެލް އިމްތިހާނު ނިމިފައިވަނީ މޭމަހުގެ 11ވަނަ ދުވަހުއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ވިދާޅުވީ އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ 19 އޮގަސްޓު 2025 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އިން ފެށިގެން ލިބޭނެ ކަމަށެވެ.

އަމިއްލަ ގޮތުން އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެ ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 1:30 ޑީޕީއީން ދޫކުރާނެ ވަނީ ވިދާޅުވެފައެވެ. އަދި އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ދޫކުރާނީ އައިޑީކާޑު ގެންދިއުމުންކަމަށާއި ބަދަލުގައި މީހަކު ފޮނުވާ ނަމަ، ދަރިވަރުގެ އައިޑީކާޑާއި ހަވާލުވާ މީހާގެ އައިޑީކާޑު ގެންދަންޖެހޭނެކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންއިން ވިދާޅުވިއެވެ.

މި އަހަރު އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 8362 ދަރިވަރަކު ބައިވެރިވިއެވެ. މިފަހަރުގެ އިމްތިހާނު 260 ސެންޓަރެއްގައި ވަނީ ކުރިއަށް ގޮސްފައެވެ.

2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ސަރުކާރުން ގެންނަވާފައެވެ. އެއީ އޯލެވެލް ހަދާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާގެ އިމްތިހާނުގައި ފުރިހަމައަށް ބައިވެރިވުމާއެކު އެ މާއްދާތަކަށް ސަރުކާރުން ފައިސާދައްކާގޮތަށް ހަމަޖެއްސުމެވެ. މަޖުބޫރު މާއްދާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާއެވެ.

މޮކް އިމްތިހާނުން ފާސްނުވިނަމަވެސް، އޯލެވެލްގައި އެ އިމްތިހާނުތަކުގައި ބައިވެރިވުން ކޮންމެ ދަރިވަރަކަށްވެސް މަޖުބޫރެވެ. އިމްތިހާނުގައި ބައިވެރިވާ ފައިސާ ދައްކާނީ ސަރުކާރުންނެވެ. ކުރިން އުސޫލު އޮތްގޮތުން، މަޖުބޫރު މާއްދާއިން މޮކް އިމްތިހާނުގައި ފާސް ނުވެއްޖެނަމަ، އެ ދަރިވަރަކު އަމިއްލައަށް ފައިސާ ދައްކައިގެން އިމްތިހާނުގައި ބައިވެރިވާން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ahmadiyaa school

އޭލެވެލް މޭ/ޖޫން އިންތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

students

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕަށް ހުޅުވާލައިފި

students exam

އޯ ލެވެލް އޮކްޓޯބަރުގައި ހަދާގޮތަށް އަނެއްކާވެސް ބަދަލުކޮށްފި

“ޝަހީދު ޢަލީ ސްކޫލް” ގައި މިއަދު ކިޔަވައިދޭން ފަށައިފި

TTH_advertisement