ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޯރަފުށީގެ ތިންވަނަ ބެރިއަރ އައިލެންޑު ގެ މަސައްކަތް ނިންމާލައިފި

ގޮނޑުދޮށް ހިމާތަޔްކުރުމުގެ ގޮތުން ހޯރަފުށީގައި ހަދަމުން ދިޔަ “ބެރިއަރ އައިލެންޑު”ތަކުގެ ތެރެއިން ތިންވަނަ ރަށުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އިން ނިންމާލައިފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 2023 ސެޕްޓެންބަރު މަހުގެ 06ވަނަ ދުވަހުއެވެ. އަދި އެމްޓީސީސީއިން ވަނީ އެ މަހުގެ 20ވަނަ ދުވަހު އެ ސައިޓުގެ އަމަލީ މަސައްކަތް ފަށާފައެވެ.

މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 2،915 އަކަމީޓަރުގެ ބިމެއް ހިއްކުމަށްފަހު، އެ ވެލިގަނޑު ހިމާޔާތްކުރުމަށް 50 މީޓަރުގައި ބޮޑު ހިލަ ޖެހުމާއި އަދި 210 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭޖް ޖެހުމެވެ.

މި މަޝްރޫޢު ހިންގި ސަރަޙައްދުގައި މީގެ ކުރިން 2 ރަށެއް ހަދާފައިވެއެވެ. އެ ރަށްތަކުގައި މިހާރު ހުރީ ރުއް އިންދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ކާރުތައް ރާއްޖެ ގެންނަން ފަށައިފި، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ މަހު ފަށަނީ

taxi

ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރަކީ 1655

ޓެކްސީލައިންއަށް ޑްރައިވަރުން ހޯދަން މާދަމާ ވޯކް-އިން-އިންޓަރވިއުއެއް ކުރިއަށްގެންދަނީ

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހަދަން ފަށާތީ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި