ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ދިއްދޫގައި ބޭއްވި ކޭމްޕް ނިންްމާލީ ކާމިޔާބުކަމާއިއެކު

ޓްރީ ޓޮޕް ހޮސްޕިޓަލާއި، ހއ. އަތޮޅު ކައުންސިލް އަދި ހއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ދިއްދޫގައި ބޭއްވި ދެ ދުވަހުގެ ޞިއްޙީ ކޭމްޕް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މި ކޭމްޕް ބޭއްވުނީ އޯގަސްޓް 15 އާއި 16 ވަނަ ދުވަހުއެވެ. މި ކޭމްޕަކީ އުތުރުގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ބޭއްވުނު އެންމެ ބޮޑު ޞިއްޙީ ކޭމްޕެވެ.

މި ކޭމްޕްގައި ދިއްދޫ އަދި އެ ސަރަޙައްދުގެ އެހެން ރަށްރަށުގެ 336 ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވުނެވެ. ކޭމްޕްގައި 8 ސްޕެޝަލިސްޓުން ބައިވެރިވެ، ހިތުގެ ބަލިތަކާއި، ކަށީގެ ބަލިތަކާއި، ނޭފަތް، ކަންފަތް އަދި ހުރަނދުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކާއި، އަންހެނުންގެ ބަލިތަކާއި، ކެއިންބުއިމުގެ ނިޒާމުގެ ފަދަ ދާއިރާތަކުން ޚިދުމަތް ފޯރުކޮށްދިނެވެ .ކޭމްޕްގައި ބައިވެރިވި ޑޮކްޓަރުންގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ޑޮކްޓަރުން ހިމެނެއެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާގެ އެހެނިހެން ފަންނުވެރިންވެސް މި ކޭމްޕްގައި ބައިވެރިވިއެވެ. ކޭމްޕްގައި ބައެއް ބަލިތަކަށް ބޭނުންވާ ބޭސްތައް ހިލޭ ފޯރުކޮށްދިނުމުގެ އިތުރުން، ބައެއް މެޑިކަލް ޓެސްޓުތައްވެސް ހިލޭ ހަދައިދެވުނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން 2025 ވަނަ އަހަރު ކުރިއަށްގެންދާ އިޖްތިމާޢީ ޒިންމާގެ ޙަރަކާތްތަކުގެ ތެރެއިން، މީގެ ކުރިން ދ. ކުޑަހުވަދޫ އަދި ތ. ތިމަރަފުށީގައިވެސް މިފަދަ ކޭމްޕްތައް ވަނީ ބާއްވާފައެވެ. ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމު ހިމެނޭ ގޮތަށް މުޅި ރާއްޖޭގައި 3,800 އަށްވުރެ ގިނަ ހިލޭ މެޑިކަލް ކޮންސަލްޓޭޝަން ވަނީ ފޯރުކޮށްދީފައެވެ.

ކޭމްޕްގައި ބައިވެރިވި ގިނަ ރައްޔިތުން މި ޚިދުމަތާމެދު ހިތްހަމަޖެހޭކަން ފާޅުކޮށްފައިވެއެވެ. “މިފަދަ ޚިދުމަތްތައް އަތޮޅުތެރެއަށް ގެނެސްދިނުމަކީ ވަރަށް މުހިންމުކަމެއް. ގިނަ ފަހަރަށް ސްޕެޝަލިސްޓުންނަށް ދެއްކުމަށް މާލެ ދާންޖެހުމަކީ ވަރަށް ބޮޑު ޚަރަދެއް ހިނގާ ކަމެއް,” ކޭމްޕްގައި ބައިވެރިވި ރައްޔިތެއް ވިދާޅުވިއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށް އޮތް ތަނުގައިވެސް ޞިއްޙީ ޚިދުމަތް ލިބުން ދަތި ސަރަޙައްދުތަކުގައި މިފަދަ ކޭމްޕްތައް ބޭއްވުމަށް ރާވަމުންދާކަމަށާއި، މިކަމުގައި ސަރަޙައްދީ ބައިވެރިންނާއެކު މަސައްކަތްކުރާނެކަމަށް ބުނެފައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ޓްރީޓޮޕް ހޮސްޕިޓަލުން ނަރުހުން ތަމްރީނުކުރަން 4 ސްކޮލަޝިޕް ފުރުސަތު ދީފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގެ މެޑިކަލް ޕާޓްނަރަކަށް ޓްރީޓޮޕް ހޮސްޕިޓަލް

Whatsapp image 2025 10 20 at 18.49.16

ޓްރީޓޮޕް ހޮސްޕިޓަލުން މ. އަތޮޅުގައި ބޭއްވި ހެލްތު ކޭމްޕުން 362 ފަރާތަކަށް ޚިދުމަތް ފޯރުކޮށްދީފި

ޓްރީޓޮޕް ހޮސްޕިޓަލުގެ ހެލްތު ކޭމްޕް މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ނިންމާލައިފި

TTH_advertisement