ކުއްލި ޚަބަރު

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން ހުށަހެޅުއްވީ މޫސާ އަލީ ޖަލީލް އެކަނި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބީއެމްއެލް އިން މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރަސްމާލޭގެ އިތުރު ސަރަހައްދުތައް ހިއްކަން މި ހަފްތާގައި ފަށަނީ

112

ރަސްމާލޭގެ އިތުރު ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފަށަން ނިންމައިފިއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން އައިސްފައިވަނީ 11 ސަރަހައްދަކަށް ބަހާލައިގެން ދެ ކުންފުންޏަކުންނެވެ. އެއީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީއާއި މޯހަން މުތާ އެކްސްޕޯޓްސްއިންނެވެ.

ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މިމަހުގެ ތެރޭ ވަނީ ޗައިނާގެ ހާބާ އިންޖިނިއަރިން ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައެވެ. ސައިޓް މޮބިލަިއޒްކޮށް ބިން ހިއްކުމަށް ބޭނުންވާ ބަނޑް ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރު މިހާރު ވަނީ ރާއްޖެ އައިސްފައެވެ. އެ ކުންފުނިން ރަސްމާލެ ސައިޓް “ސ، އަދި އީ” އިން 265 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

ރަސްމާލެއިން ހިއްކުމަށް ހަމަޖެހިފައިވާ އިތުރު ސަރަޙައްދުތަކުގެ ތެރޭގައި ސައިޓް “ޖޭ” ގެ 29 ހެކްޓަރުގެ ބިން ހިއްކާ ނިންމުމަށްފަހު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. އަދި ސައިޓް “ޑީ، އެފް، ޖީ، އެލް” އިން 394 ހެކްޓަރުގެ ބިން ހިއްކާއިރު މިހާތަނަށް ވަނީ 100.60 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. މީގެ އިތުރުން ސައިޓް “އޭ، ބީ، އެޗް،އައި” މި ސަރަހައްދުތަކުން 321 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

ރަސްމާލެ ތަރައްގީކުރަނީ 1153 ހެކްޓަރުގެ ފުށި ދިއްގަރު ފަޅުން 1009 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. މި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ނޫސްވެރިންނަށް މިއަދު ވަނީ ދައްކާލާފައެވެ.

ރަސްމާލެއަކީ ހުޅުމާލެ ވަރުގެ ބޮޑު ތަނެކެވެ. އެތަން ހިއްކަނީ ހުޅުމާލެއަށް ވުރެ އުސްކޮށް 2.5 މީޓަރު އުހަށެވެ. ރަސްމާލޭގެ ބިންހިއްކުމަށްޓަކައި 42 މިލިޔަން ކިއުބިކް މީޓަރުގެ ވެލި ބޭނުންވާ ކަމަށް އެޗްޑީސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big 1wqpjw69btvrtuya6m1mhszxm

ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ބަޔަކު ހޯދަނީ

Rasmale

ރަސްމާލެއިން 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް މިހާރު ހިއްކައިފި

B 202512010542171764592937.6096

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަށައިފި

444530 d8872d7f 3

ރައީސް މުއިއްޒު ރަސްމާލެ ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި މަޝްރޫޢު ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި

TTH_advertisement