ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

55 ރަށެއްގެ ކައުންސިލް އިމާރާތްކުރުމަށް އާރުސީސީއާ ހަވާލުކޮށްފި

112

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ސޮއިކޮށްފިއެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އޮގަސްޓު މަހުގެ ތެރޭގައި ފެށޭނެއެވެ.

މި މަޝްރޫޢުގެ ދަށުން އެއް އަހަރުގެ ތެރޭގައި 55 ކައުންސިލް ނިންމާނެ ކަމަށާއި، މި މަޝްރޫޢުގައި ކައުންސިލަށް ބޭނުންވާ ފަރުނީޗަރާއި ވަށާފާރު ހިމެނޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް މީގެ ކުރިން ހަވާލުކުރީ މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާއެވެ. ނަމަވެސް، ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުން، 38 މިލިއަން ޑޮލަރަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ވަނީ ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ އެހެން ބަޔަކު ހޯދަން ނިންމީއެވެ.

މި މަޝްރޫޢާއެކު އިތުރު 50 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމަށްވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މި 50 ކައުންސިލް އިމާރާތުގެ ފީސިބިލިޓީ ހެދުމަށް ވާންޖެހޭ ތައްޔާރީތައް މި މަހުގެ ތެރޭގައި ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު