ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކައްދޫ އެކްސިޑެންޓްގައި އަންހެނަކު މަރުވި މައްސަލައާ ގުޅިގެން ސައިކަލް ދުއްވި މީހާ ހައްޔަރުކޮށްފި

112

ލ. ކައްދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވި މައްސަލައާ ގުޅިގެން ސައިކަލް ދުއްވި މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކައްދޫގައި ރޭ ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި 64 އަހަރުގެ އަންހެން މީހާ ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ރޭ 7:20 ހާއިރު ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް، ކައްދޫ އެއާޕޯޓް ސަރަހައްދުން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ނިޔާވީ މަގު ހުރަސްކުރަނިކޮށް ސައިކަލުން ޖެހި އަނިޔާވި އަންހެން މީހާއެވެ.

އެ އެކްސިޑެންޓުގައި ނިޔާވި އަންހެން މީހާގެ ބޮލަށާއި ފަޔަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އަންހެން މީހާގެ އިތުރުން، ދެން އަނިޔާވެފައިވަނީ އޭނާގެ މާމަ ދަރިއަށެވެ. އޭނާގެ ހާލު ވެސް ސީރިއަސްއެވެ.

ބައެއް ފަރާތްތަކުން މައުލޫމާތުދީފައިވާ ގޮތުގައި އެ ސައިކަލަކީ ބާރު ސްޕީޑުގައި ދުއްވާ ސައިކަލެކެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ލ. ފޮނަދޫ، ހޯރަ ވިލާ، މުހައްމަދު ނައުސާން، 37، ކަމަށެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ

Iu

ބުޅަލަކަށް އަނިޔާކޮށް މަރާލި މައްސަލައެއް ތަހުގީގު ކުރަނީ

Mussss

ކަތިވަޅިއަކުން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަލަށް

ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާ އަތުލައިގަނެ، ބިދޭސީއަކު ހައްޔަރުކޮށްފި